Friday, March 29, 2013

އުގަންނައިދިނުމުގައި ...........2



އުގަންނައިދިނުމުގައި ...........2
މުދައްރިސުގެ ޝަޚުޞީ ސިފަތައް
މުދައްރިސްގެ ޝަޚްސިއްޔަތުގައި ހުންނަ ސިފަތަކަކީވެސް ބައެއް ފަހަރު ކިޔަވައިދިނުމަށް ވަރަށް ބޮޑު އަސަރެއް ކުރުވާ އެއްޗެކެވެ. މިސާލަކަށް ދަރިވަރުން ކުރާކަންތައްތަކަށް ހިތްވަރުދޭ، ގޯސް ކޮށް ކަމެއްކޮށްފިނަމަ، ލޮއެއްބާއި، އޯގާތެރިކަމާއެކު ނަޞޭޙަތް ދޭ، އޯގާތެރި، ދަރިވަރުންނާ ގުޅޭ މުދައްރިސެއްނަމަ އެކަމުން ޓީޗަރަށް ވަރަށް ފަސޭހަވެ، އެކަމުން ދަރިވަރުންގެ ކިޔެވުމަށް ބޮޑު ބަދަލުތަކެއް އަންނާނެއެވެ.

ދަރިވަރުގެ އުނގެނުމާއި ކިޔެވުން ބަލާ އެކަމަށް ޚިޔާލު ބެހެއްޓުން
ކާމިޔާބު ޓީޗަރުންނަކީ ހުރިހައި ފެންވަރެއްގެ ކުދިންނާވެސް ގުޅިގެން އެކުދިންގެ އިޚްޞާޞް ތައް ދަސްކޮށްގެން ކުލާސް ކުރިއަށް ގެންދާނެ ޓީޗަރުންނެވެ. ހަމައެއާއެކު ، ތަފާތުކުދިން ފިލާވަޅުތަން ނަގައިގަންނަ މިންވަރާއި، އެކުދިންނަށް ފިލާވަޅުން ދަސްނުވާ އެއްޗެއްވާނަމަ އެއެއްވެސް ދެނެގަނެވޭނެ ޤާބިލް ބަޔަކަށް ޓީޗަރުން ވާންޖެހެއެވެ. އަދި ހަމަމިއާއެކު ދަރިވަރުންނަށް އިތުރަށް އޮޅުންފިލުވައިދޭންޖެހެނީ ކޮންދާއިރާތަކަކުންކަން އެގޭ ޤާބިލްބަޔަކަށް ޓީޗަރުން ވާންޖެހޭނެއެވެ.

ކިޔަވައިދެވުނު އެއްޗެއް ވަޒަންކުރުން.
ކޮންމެ ކަމެއް ނިމުމުގައިވެސް އޭގެން ޚާޞިލްވި ކަމެއް އޮންނާނެއެވެ. އެގޮތުން ފިލާވަޅެއް ނިމޭއިރު ފިލާވަޅުން ޚާޞިލްވި މިންވަރު ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން މުދައްރިސް ކަނޑައެޅި މަޤްޞަދު ޙާޞިލްވިތޯ ތަފާތު ގޮތްގޮަތަށް ބެލިދާނެއެވެ. އެއްގޮތަށްވުރެ ގިނަގޮތުން ވަޒަންކޮށްލުން މުހިއްމުކަމަށް ފެނެއެވެ. އެއީ ތަފާތު ފެންވަރުގެ ކުދިންނަށް ނަގައިގަނެވޭގޮތް ބެލުމަށްޓަކައެވެ.

ދުރުމުސްޤްބަލަށް ބާރުއެޅުން
ކިޔަވައިދެމުންދާއިރު އެކިޔަވައިދޭ އެއްޗަކާއި ޢަމަލީ މައިދާނާ ގުޅުވާލުން ވަރަށް މުހިއްމެވެ. ސަބަބަކީ ދަރިވަރުން އެކަންތައް ފޮލޯކުރާނީ ކިޔަވައިދޭ ވަގުތަކު ނޫނެވެ. އޭގެން ގިނަކަންތައް ފޮލޯކުރާނީ އެކުދިން ޢަމަލީ މައިދާނަށް ނުކުތުމަށް ފަހުއެވެ. އެގޮތަށް ކަންކުރާނަމަ ދަރިވަރުންގެ މުސްތަޤްބަލް ބިނާކުރުމުގައި ވަރަށް ބޮޑުއެހީއެއް ޓީޗަރުންނަށް ވެދެވޭނެއެވެ.

No comments:

Post a Comment