Saturday, March 23, 2013

ބިހޭވިއަރ ލާރނިން ތިއަރީ (ސުލޫކީ އުގެނުމުގެ ނަޒަރިއްޔާ )



ބިހޭވިއަރ ލާރނިން ތިއަރީ (ސުލޫކީ އުގެނުމުގެ ނަޒަރިއްޔާ )
ތަޢާރުފް
މިތިއަރީ މާނަކުރާގޮތުގައި އުގެނުމަކީ މާހައުލުން އުނގެނޭ ފަރާތަށް ކުރުވާ އަސަރެއްގެ ނަތީޖާގެ ސަބަބުން ބޭރުފުށުން ހާމަވެފާޅުވާ ދާއިމީ ބަދަލެކެވެ. ވީމާ މިތިއަރީގައި ފާހަގަކުރެވޭގޮތުގައި އިންސާނުންގެ ސުލޫކު ނުވަތަ ބިހޭވިއަރ ގުޅިފައިވަނީ މާހައުލުގައި ކުރާތަޖުރިބާތަކާއި ނުވަތަ ޙިއްސާކުރާ ޙިއްސާކުރުންތަކާއެވެ. ހަމަމިފަދައިން ބިހޭވިއަރލިސްޓުން ހާމަކުރާގޮތުގައި އުގެނުމަކީ އެތެރެހަށީގައި ހިގާކަމެއްނަމަވެސް އެކަން ހިނގައިފިކަން އަންގައިދެނީ އެފަރާތުން ފާޅުވައި ބޭރުފުށުގެ ޢަމަލަކުން ނުވަތަ ސުލޫކަކުންނެވެ. ޖޭބީ ވޮޓްސަން ( ބިހޭވިއަރިލިސްޓެއް) ދެކޭގޮތުގައި މީހާގެ ވިސްނުމާއި ނިޔަތާއި މިފަދަ ސިކުނޑީގެތެރޭގައި ހިނގާ ކަމަކީ ފެންނަ އަދި ރަނގަޅަށް ދިރާސާކުރެވޭކަމެއްނޫނެވެ.  އެހެންވީމާ އުނގެނުމުގެ ޝަރަޙައިގައި ކޮގްނެޓިވް ސައިކޮލޮޖިސްޓުންގެ ބުނުން ނުހިމެނެއެވެ.

ބިހޭވިއަރ ލާނިންތިއަރީގެ މައިގަނޑު ކޮންސެޕްޓް
މިތިއަރީގެ މައިގަނޑު ކޮންސެޕްޓް ގުޅިފައިވަނީ ތަފާތު ތިންލަފްޒަކާއެވެ. އެއީ:
1.    ސްޓިމިލައި
2.    ބިހޭވިއަރ
3.    ރެސްޕޯންސް އެވެ.
މިތިންލަފްޒުގެ ތަފްޞީލަށް ދާނަމަ ބުނެވޭނީ މި ތިއަރީގެ މައިގަނޑު ކޮންސެޕްޓް އަކީ އުގެނޭފަރާތުގެ (ބިހޭވިއަރއަށް) އޭނާއުޅޭމާހައުލުން ކުރުވާ އަސަރެއްނުވަތަ ބާރުފޯރުވާކަމެއް (ސްޓިމިލައި) އަދި އެކަމުގެ ސަބަބުން ސުލޫކަށް ނުވަތަ ވިސްނުމަށް އަދި ބިހޭވިއަރ އަށް ކުރުވާ އަސަރާއެކު ފާޅުވާ ހާމަވާ ކަމެކެވެ. (ރެސްޕޯންސް). މިސާލަކަށް ދުރުގައިވާ ބައިވަރު މީހުންތަކެއް ތިބިތަނަކަށް އަޑުއިވޭވަރަށް ނަމަކުން ގޮވާލާާއިރު ، އެތަނުގައި އެމީހަކުވާނަމަ  އޭނާ ވަގުތުން އެބުރިލާ އެއަށް އިޖާބަދިނުން އެއީ އޭނާ އަށް މާހައުލުން ދަސްވިކަމެއް ނުވަތަ ސުލޫކެއް ކަމަށް ބުނެވިދާނެއެވެ. މިހެންކަމުން މިތިއަރީގައި އުގެނުން ކަމަށްބެލެވެނީ އެއްފަހަރާ ސްޓިމިއުލައި އަކާއެކު ބޭރުފުށުން ހާމަވާ ރެސްޕޯންސް ނުވަތަ ކަމެއް އުގެނެފަރާތުން ހާމަވުމުން ނެވެ. މިސާލަކަށް ކުލާހަށް ޓީޗަރ ވަދެ ސަލާމް ގޮވާލުމުން އެއްވެސް ދަރިވަރަކު ސަލަމް ބަލައި ނުގެންފިނަމަ ފިލާވަޅު ކުރިއަށް ނުގެންގޮސް މަޑުކޮށްލުން، ހަމަ މިއާއެކު  ދަރިވަރުން ކޮޅަށްތެދުވުމާއެކު ސަލާމް ބަލައިގަތުން. އަދި މިކަން އާދަވުން.
 ކުލެސިކަލް ކޮންޑިޝަން ( ބޭއީޚްތިޔާރުގައިވާކަންތައް)
މިތިއަރީގެ ފެށުން ބިނާވެފައިވަނީ މިއާއެވެ. މިމޮޑެލް ތަޢާރަފްވެފައިވަނީ އިވާން ޕެވްލޯވު (1936- 1849) ގެ ތަޖުރިބާތަކުންނެވެ. މީގެން ބުނެދޭގޮތުގައި އެލިސިޓިން ސްޓިމިއުލަރ އެއްގެ ސަބަބުން އުގެނުން ހިނގާނެއެވެ. ޚާއްޞަގޮތެއްގައި މިމޮޑެލުން އަންގައިދެނީ ދެސްޓިމިއުލީއެއް އެކަތި އަނެއްކަޗާއި ގުޅިގެންފާޅުވާ ނަތީޖާ ނުވަތަ ރެސްޕޯންސް ހިނގާގޮތެވެ. އޭނާގެ ތަޖުރިބާ ތަކުގެ ތެރެއިން އެންމެ ގުޅުވާލެވިފައިވަނީ ކުއްތާ ބޭނުން ކޮށްގެން ހެދި ތަޖުރިބާއެވެ. މިތަޖުރިބާގައި " ކުއްތާގެ ކުޅުދިޔާވުން" މިރެސްޕޯންސް އެހެންތަފާތު ސްޓިމިއުލީތަކާއި ގުޅިގެން އަންނަ ބަދަލުތަކާއި އެކަމަށް ކުރުވާ ދާއިމީ އަދި ވަޤުތީ އަސަރުތައް ދިރާސާ ކޮށްފައިވެއެވެ.
ފުރަތަމަ މަރުޙަލާ
ދެވަނަ މަރުޙަލާ
ތިންވަނަ މަރުޙަލާ
(ސްޓިމިއުލި)
ރެސްޕޯންސް ރަނގަބީލުގެ ސަމާލުކަން
ސްޓިމިއުލީ    ސްޓިމިއުލީ
 ރަނގަބީލު   ކާނާ
ކޮންޑިޝަން ސްޓިމިއުލީ  އަންކޮންޑިޝަން ސްޓިމިއުލީ 
ރަނގަބީލު                 ކާނާ
ކޮންޑިޝަން ރެސްޕޯންސް  އަންކޮންޑިޝަން ރެސްޕޯންސް

= ކުޅުދިޔާވުން

އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި ކުލާސް ރޫމްތަކުގައި މިމޮޑެލުގައި އެންމެ ފާހަގަ؛ކުރެވޭ  މިސާލަކީ އިންޓަވަލް ގަޑިޖެހުމުން ކުދިންގެ ކުޅުދިޔާވެ ބަޑުހައި ހޫނުކަން އިޙްސާސް ކުރެވުން.
މިމޮޑެލް ނުވަތަ ތިއަރީ އަކީ ކުލާސް ރޫމްތެރޭގައި ގެންގޮސް ދަރިވަރުންގެ ސުލޫކު ބަދަލު ކުރުވުމަށް ވަރަށް ފަސޭހަ ތިއަރީއެކެވެ. މިސާލަކަށް މުދައްރިސް ކުލާސް ގަޑީގައި އެއްޗެއް އޮޅުން ފިލުވައިދެމުން ދާއިރު މާއަޑުގަދަވާކަމަށް ވަންޏާ ވަގުުތުން ފިލާވަޅު ހުއްޓާ އެންމެ އަޑުގަދަވާ ދިމާލަށް ބަލަން މަޑުކުރާނީއެވެ. މިކަމުގެ ސަބަބުން ކުދިންގެ ސަމާލުކަން ލިބި އަޑުމަޑުވެދާނެއެވެ. އަދި އަބަދުވެސް އަޑުގަދަވާއިރަށް ފިލާވަޅު ހުއްޓާލައިފިނަމަ ސަމަލުކަން ލިބިގެންދާނެއެވެ.
ދަރިވަރުން ކުރާ ރަނގަޅުކަންތަކަށް ތަރުހީބު ދޭނަމަ ދަރިވަރުން އެކަންތައް ތަކުރާރުކުރާނެއެވެ. މިސާލަކަށް ދަރިވަރަކު ލައްވާ ޕްރެޒެންޓޭޝަނެއް ހުށައަޅާއިރު ތަންކޮޅެއް އަޑުމަޑުވިކަމުގައިވިޔަސް އެކުއްޖާއަށް ހިތްވަރުދީ ދެވަނަ ފަހަރަށް އެއަށްވުރެ އަޑުބާރުކުރުމަށް މަޑުމައިތިރިކަމާއެކު ނަޞޭޙަތް ދޭނީ އެވެ. އޭރުން ދެވަނަ ފަހަރު ކުއްޖާއަށް އަމިއްލަ ނަފްސަށް އިތުބާރާއެކު ޕްރެސެންޓް ކޮށްދޭނެއެވެ.
އެގްޒިޓް ކާޑު ނުލައި ކުލާހުން ބޭރަށް ދިޔަ ކުއްޖަކު ކޮޅަށް ނަގައިފިނަމަ ދެން އެކުއްޖާއާ އަދި އެހެންކުދިން ވެސް އެކަމުން ސަލާމަތްވުމަށް ކުރިމަގުގައި ކާޑުނުލައި ބޭރަށް ދިއުން މަދުކޮށްފިނަމަ އެކަމުގެ ރެސްޕޮންސް އަންނާނެ.
މިތިއަރީގެ ދަށުން އުގަންނައިދޭއިރު ޓީޗަރުން ވިސްނަންޖެހޭ ކަންތައް
-         އުނގަންނައިދޭއިރު އެންމެފުރިހަމައަށް ދަރިވަރު ލައްވާ ކަމެއްކުރުވުމުގެ ބަދަލުގައި އޭނައަށް ކުރޭވޭ އެންމެ ރަނގަޅަކަށް ކުރުމަށް ބާރު އަޅާ ހިތްވަރު ދިނުން.
-         ގޯސްކޮށް ކަމެއް ކުރެވިއްޖެނަމަ ރަނގަޅު ކުރުމަށް ހިތްވަރު ދިނުން.
-         ދަރިވަރުންގެ ފަރާތުން މުދައްރިސް އުއްމީދުކުރާކަންތައް އެކުދިންނަށް ވާވަރުގެ ކަންތައް ތޯ ބެލުން.
-         ކުލާހަށް އާދަރިވަރެއްނަމަ އިތުރަށް އެހީތެރިވެދީ ފަރިތަވުމަށް ވަގުތު ދިނުން.    


1 comment:

  1. ކޮބާ އޮޕަރެންޓް ކޮންޑިޝަންނިން!
    ކުލެސިކަލް ކޮންޑިޝަނިން ގެނެސްދީފައިވާގޮތް ވަރަށް ސަޅި ވަރަށް ފުރިހަމަ

    ReplyDelete