Saturday, March 23, 2013

ކިޔަވައިދިނުމުގައި ގެންގުޅޭނެ ފިލޯސަފީ



ކިޔަވައިދިނުމުގައި  ފިލޯސަފީ
ފެށުން:
ދަރިވަރުންގެ މެދުގައި ތަފާތު ތަކާއިއެކު ިކިޔަވައި ދިނުމުގެ މާޙައުލުގައި ތަފާތުކުރުންތައް، ނުގެންގުޅެ ކިޔަވައިދިނުމަކީ ކޮންމެ މުދައްރިސެއްގެ ވެސް ޒިންމާއެކެވެ. މިކަން މިގޮތަށް ކުރެވޭނީ މުދައްރިސުންނަކީ ކިޔަވައިދިނުމުގައި އައުގޮތްތައް ތަޖުރިބާކުރާ ، ކަމަށް ޝައުގުވެރި އުގެނުމުގެ ތަފާތު ތިއަރީތަކަށް އަހުލުވެރި ބަޔަކަށް ވެގެންނެއެވެ.
ބިހޭވިއަރ ލާނިން ތިއަރީ
މިތިއަރީ މާނަކުރާގޮތުގައި އުގެނުމަކީ މާހައުލުން އުނގެނޭ ފަރާތަށް ކުރުވާ އަސަރެއްގެ ނަތީޖާގެ ސަބަބުން ބޭރުފުށުން ހާމަވެފާޅުވާ ދާއިމީ ބަދަލެކެވެ. ވީމާ މިތިއަރީގައި ފާހަގަކުރެވޭގޮތުގައި އިންސާނުންގެ ސުލޫކު ނުވަތަ ބިހޭވިއަރ ގުޅިފައިވަނީ މާހައުލުގައި ކުރާތަޖުރިބާތަކާއި ނުވަތަ ޙިއްސާކުރާ ޙިއްސާކުރުންތަކާއެވެ. ހަމަމިފަދައިން ބިހޭވިއަރލިސްޓުން ހާމަކުރާގޮތުގައި އުގެނުމަކީ އެތެރެހަށީގައި ހިގާކަމެއްނަމަވެސް އެކަން ހިނގައިފިކަން އަންގައިދެނީ އެފަރާތުން ފާޅުވައި ބޭރުފުށުގެ ޢަމަލަކުން ނުވަތަ ސުލޫކަކުންނެވެ. ޖޭބީ ވޮޓްސަން ( ބިހޭވިއަރިލިސްޓެއް) ދެކޭގޮތުގައި މީހާގެ ވިސްނުމާއި ނިޔަތާއި މިފަދަ ސިކުނޑީގެތެރޭގައި ހިނގާ ކަމަކީ ފެންނަ އަދި ރަނގަޅަށް ދިރާސާކުރެވޭކަމެއްނޫނެވެ.
ކޮގްނިޓިވް ލާނިން ތިއަރީ
މިތިއަރީގައި އުގެނުން މާނަކުރާގޮތުގައި އުގެނޭފަރާތަށް މާހައުލުން ލިބިދޭ މަޢުލޫމާތެއް ދަސްވެ ދެނެގަތުމުގައި ޙަރަކާތްތެރި ރޯލެއް އަދާކުރެއެވެ. މިގޮތުން އުގެނުން ބިނާވެގެންވަނީ އެގިފައިވާ އެއްޗެއްގެ މައްޗަށް އަލަށް ދެނެގަނެވޭ އެއްޗެއް ގުޅުވާލެވިގެންނެވެ.
ސޯޝަލް ކޮގްނިޓިވް ލާރނިން ތިއަރރީ
މިތިއަރީ ބުނާގޮތުން އުނގެނުމަކީ މާހައުލުން ގެންދެވޭ މަޢުލޫމާތު ބަދަލުކޮށް ސިކުޑީގައި އެކަމާއި ގުޅޭގޮތުން އުފައްދާ އަސަރަކުން ސުލޫކު ވަކިގޮތެއް ބަދަލުވުމެވެ.
ކޮންސްޓްރަކްޓިވް ލާރނިން ތިއަރީ
މިތިއަރީގެ ޢިލްމުވެރިން ދެކޭގޮތުގައި އުނގެނުމަކީ މީހެއްގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ އެއްޗެއް ނޫނެވެ. ނަމަވެސް އޭނާއުޅޭ މާހައުލުންނާއި ވިސްނުމުގެ މަރުޙަލާތަކާއި ގުޅޭގޮތުން ކުރިއަރާ ބިނާވަމުންދާ އެއްޗެކެވެ.
ކިޔަވައިދިނުމުގައި ގެންގުޅޭނެ ފިލޯސަފީ
 އުގަންނައިދިނުން
އުގަންނައިދިނުން ނުވަތަ ތަޢުލީމަކީ ކުދިންގެ ކިބާގައިވާ ޤާބިލްކަމާއި ހުނަރުތައް ކުރިއެރުވުމާއި އެކު ކުއްޖާ އުޅޭމުޖުތަމަޢުގައި މާހައުލަށްފެތޭ އެތަނެއްގައިވާ އާދަކާދަ އާއި ޘަޤާފަތް ދެނެގަތުމަށް އެހީތެރިވެދިނުމެވެ.
މިސާލަކަށް ސުކޫލް މާޙައުލުން އުގެނޭ ދަރިވަރެއްކަމުގައިވާނަމަ ސުކޫލް ގޯތި ތެރެ ނުވަތަ ކުލާސް ރޫމްތެރެއަކީ އެކުއްޖާއަށް ކިޔެވުމަށް ފަސޭހަ މާހައުލަކަށް ހަދައިދިނުން. އެގޮތުން ތިރީސްކުދިން ތިބޭކުލާހެއްގައި ދަރިވަރަކަށް އުދަގޫކުރާކުއްޖެއް އިންނަނަމަ އެކުއްޖައާ ވާހަކަ ދައްކައިގެން ވީހާވެސް އަވަހަކަށް މައްސަލަ ހައްލުކޮށް ކުލާސްރޫމަކީ ހުރިހައި ދަރިވަރުންނަށް ރައްކާތެރި މާޙައުލަކަށް ހެދުން.
ކިޔަވައިދިނުމުގައި އަޅުގަނޑުގެ ލަޑުދަޑިއަކީ އުގެނުމައި އުގަންނައިދިނުން މި ދެބައި ފުރިހަމަވާނޭ ގޮތެއްގެ މައްޗަށް ދަރިވަރުން ހާނުވައި އިސްލާމްދީނާ  ޘަޤާފަތަށް ލޯބިކުރާ ހަރުދަނާ ދަރިވަރުންތަކެއް ބިނާކުރުން. މިސާލަކަށް ދީނީ އަޤީދާ ހަރުދަނާވެ ވަރުގަދަވާނޭ ގޮތެއްގެ މައްޗަށް ފިލާވަޅުތައް ރާވާލުން، ﷲ ގެ ކުޅަދުންވަންތަކަން ވިސްނައިދީ ދަރިވަރުންގެ ހިތްތަކުގައި ދީނީ ރޫޙު އަށަގެންނެވުން.

ތަޢުލީމަކީ
އުގެނުމަކީ ސުލޫކަށް އަންނަބަދަލު ނުވަތަ ކަމެއްގެ ޤާބިލްކަމަށް އަންނަ ބަދަލެވެ. ނަތީޖާއެއްގެ ގޮތުން އުގެނޭ އެއްޗަކާ އެއްގޮތަށް ޢަމަލުކުރުމާއި ތަފާތުގޮތްތަކަށް ތަޖުރިބާކުރުން ހިމެނެއެވެ. މިސާލަކަށް ދަރިވަރަކީ ކުރުހެދުން ލާއުޅޭކުއްޖެއް ކަމަށްވެފައި ފިލާވަޅުގެ ތެރެއިން އަންހެންކުއްޖާގެ އައުރައާ ގުޅޭ ޙަދީޘް އާ އާޔަތް އެގި އެކަމުގެ ސަބަބުން އޭނާގެ ހެދުންއެޅުމުގެ ވައްޓަފާޅި ބަދަލުވެދެއެވެ. މިއީ ދަރިވަރަށް ލިބުނު މަޢުލޫމާތުގެ ސަބަބުން ސުލޫކަށް އައި ބަދަލެވެ.
ފިރެހެންކުދިންނާ އަންހެން ކުދިންނާ އަތާއަތްޖޯޑުކޮށް ސަލާމް ކުރާކުދިން އުޅޭ ކުލާހަކަށް މިކަމާ ގުޅޭ ޙަދީޘް ކިޔައިދީ މައިލޫމާތު ދިނުމުން ދަރިވަރުން މިކަންހުއްޓުން. މިއީ ދަރިވަރުންނަށް ލިބުނު މަޢޫޟޫމާތަކުން ސުލޫކަށް އައި ބަދަލެެއް.
ކިޔަވައިދިނުމުގެ ހާސިލްކުރަން ބޭނުންވާ ލަޑުދަޑި
މުދައްރިސުންނަށް އިހުތިރާމްކުރާ، ކަންކަން ކުރުމަށް އިސްނަގަން ކެރޭ ދަަރިވަރުންތަކެއް އުފެއްދުމާ، އިސްލާމްދީނާ ޢަޤީދާ އާއި ޘަޤާފަތަށް ލޯބިކުރާ ދަރިވަރުންތަކެއް އުފެއްދުން.
އެގޮތުން ދަރިވަރުނާ މުދައްރިސުންނާ އޮންނަ ގުޅުން ރަނގަޅުކޮށް ދަރިވަރުންގެ ޚިޔާލާ ފިކުރަށް އަޅުގަނޑުމެން ތާއިދުކުރަން ކޮންމެހެން ބޭނުމެވެ. އިސްލާމްދީންދެކެ ލޯބިވާ ދަރިވަރުން އުފައްދަން އެދޭނަމަ އެންމެ ފުރަތަމަ މުދައްރިސުންނަކީ ނަމޫނާ ދީނީ ބައެއްކަމަށް ވުން ކޮންމެހެން ބޭނުމެވެ. އެހެނީ ސޯޝިއަލް ކޮގްނެޓިވް ލާނިންތިއަރީ ގައި ބުނާގޮތުން މާހައުލުން ފެންނަކަންތައް ދަރިވަރުން އުގެނޭނެއެވެ. ދަރިވަރުންލައްވާ ކަންތައްތައް އަމިއްލައަށް އިސްނަގައިގެން ކުރުވަން، އެކުދިންގެ ތެރެއިން އެކަންކުރާކުދިން ފާހަގަކޮށް ރެއިންފޯސްމެންޓް ދޭނީއެވެ. އޭރުން ހުރިހައި ކުދިންވެސް ޚާއްޞަ ސަމާލުކަމެއް ދީގެން ބައިވެރިވުން ލިބޭނެއެވެ.
ކޮންމެ ދަރިވަރަކީ ވެސް ތަފާތު ކުއްޖެއްކަން ވިސްނައިގެން ފިލާވަޅުތައް ރާވާލުން. އެގޮތުން ދަރިވަރުންގެ ވިސްނުމުގެ ފެންވަރު ތަފާތުވާނޭކަން ދަނެ، އެއިން ކޮންމެ ކުއްޖަކަށްވެސް ފަސޭހައިން ފަހުމްވާނޭ ފަދައިން ފިލާވަޅުތަކާއި ސުވާލުތައް ބިނާކުރުން މިއީ ކިޔަވައި ދިނުމުގައި އެންމެ މުހިއްމު އެއްކަންތަކެވެ. އެހެނީ ދަރިވަރަށް އެގުމަނޭގުން ޓީޗަރަށް ގިނަފަހަރަށް ފަހުމްވާނީ ކުލާހުގެ ކުރެވޭ ތަފާތު ފެންވަރުގެ ސުވާލުތަކުގެ މައްޗަށް ބިނާކޮށެވެ.
ކޮންމެ ދަރިވަރަކީވެސް ޤައުމަށް ބޭނުންތެރި ދަރިވަރަކަށް ހެދުން. އަޅުގަނޑުމެންގެ އަމާޒަކަށް ވާންވާނީ ހަމައެކަނި ކުލާހުގައިތިބި މޮޅު ކުދިންކޮޅަށް ކިޔަވައިދީފަ އައުމެއް ނޫނެވެ. ހުރިހައި ދަރިވަރުން ވެސް ތަފާތުކުރުމެއްނެތި، އުގަންނައިދިނުމުގެ ވައްޓަފާޅި ގެންގުޅެވިއްޖެނަމަ ހުރިހައި ދަރިވަރުންނަކީ ވެސް ޤައުމަށް ފައިދާކުރުވަނިވި ދަރިންތަކެއް ކަމުގައި ހެދުމަކީ އުދަގޫ ކަމެއް ނޫނެވެ.
ނިންމުން:
މިއީ އަޅުގަނޑު ކިޔަވައިދިނުމުގެ އުސޫލުތަށް ގެންގުޅޭނެ ގޮތުގެ ކުޑަކުޑަ ފަލްސަފާއެކެވެ.
އާމިނަތު ޝިފާ
11267

No comments:

Post a Comment