Saturday, May 11, 2013

ސޯޝިއަލް ކޮގްނިޓިވް ލާނާރސް ތިއަރީ



ސޯޝިއަލް ކޮގްނިޓިވް ލާނާރސް ތިއަރީ
ސޯޝިއަލް ލާނިންގ ތިއަރީ އުފެދިފައިވަނީ ނަފްސާނީ ޢިލްމުވެރިއެއްކަމަށްވާ އަލްބަޓް ބަންދޫރާގެ މަސައްކަތުގެ މައްޗަށެވެ.
 އަލްބަޓް ބަންދޫރާގެ ނަޒަރުގައި އުނގެނުން
 މާހައުލުން ގެންދެވޭ މަޢުލޫމާތު ބަދަލުކޮށް ސިކުނޑީގައި އެކަމާއި ގުޅޭގޮތުން އުފައްދާ އަސަރަކުން ސުލޫކު ވަކިގޮތަކަށް ބަދަލުވުން. ( ބަންދޫރާ 1986)
މިތިއަރީގައި ބަނދޫރާ ފާހަގަކުރާ މައިގަޑު ކޮންސެޕްޓަކީ ''ރެސިޕްރޯކަލް ރިލޭޝަންޝިޕް'' ނުވަތަ ''ގުޅިލާމެހިފައިވާ ގުޅުން'' އެވެ.  މި ކޮންސެޕްޓް  ބަންދޫރާ ތަފްޞީލް ކުރަމުން ފާހަގަކުރާ ގޮތުގައި މިގުޅުމުގައި މައިގަޑު ތިންބައެއް ހިމެނެއެވެ. އެބައިތަކަކީ: ކަމެއް ނުވަތަ ސުލޫކު، މާހައުލު ، އަދި މީހާގެ ވިސްނުމެވެ. މިތިން ކަންތަކަކީވެސް އެކަތި އަނެއްކައްޗާ ގުޅިފައިވާ އެއްޗިއްސެވެ.
ބަންދޫރާގެ އެންމެ މުހިންމު ކޮންސެޕްޓަކީ ''މޮޑެލިންގ'' ނުވަތަ ނަމޫނާ ބެލުމެވެ. އެއީ ކޮންމެވެސް އެހެންމީހެއް ނުވަތަ ކަމެއް އެއީ ކަމެއްގެ ނަމޫނާއަކަށް ބެލުމެވެ. ވީމާ މި މޮޑެލްގައި ކުދިން ވަށައިގެންއުޅޭ އެކިމީހުން ކުރާ ކަންތައް ބަލާކޮޕީކޮށްގެން އެކަން އެގޮތަށް މޮޑެލްކުރަން މަސައްކަތް ކުރާނެއެވެ. ނުވަތަ އެކުދިން އެގޮަތަށް އެކަން ފެނުނުގޮތަށް ނަކަލު ކުރެއެވެ.  އަދި މީގައި ދަރިވަރުން ހަމައެކަނި ބަލައިގެން ނަކަލު ކުރަނީއެއް ނޫނެނެވެ.  އެކަމެއް ކޮށްފިނަމަ ވާނެގޮތްވެސް ދެނެގަނެވޭނެއެވެ. މިސާލަކަށް ދަރިވަރުން ގެ ޕީއީ ގަނޑީގައި މުދައްރިސް ކަރުދާހުން މަލެއް ހަދައިފިނަމަ، އަދި އެމަލާދޭތެރޭ ދަރިވަރުން ޝައުގުއުފެދިއްޖެނަމަ ޓީޗަރު އެމަސައްކަތް ކުރިގޮަތަށް ކޮށް މަލެއް ހަދާނެއެވެ.

އުނގެނުމަށް ފުރުޞަތު ދިނުމަށްޓަކައި ކިޔަވައި ދިނުމުގައި ވިސްނުން މުހިންމުކަމަށް ބަންދޫރާ ދެކިލައްވާ ކަންތައްތައް.
* ސަމާލުކަން (އެޓެންޝަން)
* ދެކެފައިވާކަމެއް ހަނދާނަށް ގެނައުން(ރިޓެންޝަން)
* ބެލުމަށްފަހު އަމިއްލައަށް ކުރުމުގެ ޤާބިލުކަން (ޕްރޮޑަކްޝަން)
 މިސާލަކަށް: ގޮނޑިއެއް ޖެހިތަން ބަލާފައި ހަމައެގޮތަށް އޭގެ ގޮނޑިއެއް  ހެދުން.
* ކަމެއް ކުރުން (ޕާރފޯމަންސް)
މީގައި ޝައުޤުވެރިކަން ވަރަށް ބޮޑު ދައުރެއް އަދާކުރޭ.





މޮޑެލިންގެ ވައްތަރުތައް
މިސާލު
ދޭހަ
ވައްތަރު
ކުލާހެއްގައި އޮރެންޖެއް ކުރަހާގޮތް ކިޔާދިނުމުން އެގޮތް  އެއްވެސް ބަދަލެއް ނުގެނެސް ކޮޕީކުރުން.
ފެންނަކަމެއް އެއްވެސް ބަދަލެއް ނުގެނެސް ނަކަލުކުރުން.
ޑައިރެކްޓްކޮށް މޮޑެލްކުރުން.
ފީފާ ވޯލްޑްކަޕް އޮތްއިރު، މަޝްހޫރު ކުޅުންތެރިން ބޯ ހަދާގޮތަށް ހަދާ އެގޮތަށް ބޯ އޮމާންކުރުން.
ފޮތްތަކުންނާއި ވާހަކައިން އަދި ޓީވީން އެނޫންވެސް ކޮންމެވެސް ވަސީލަތެއް މެދުވެރިކޮށް ތަފާތު ޝަޚްޞިއްޔާތުތަކުން ފެންނަ ކަންކަން ނަކަލު ކުރުން.
ސިމްބޮލިކްކޮށް މޮޑެލްކުރުން.
ގަހެއް ކުރަހާނެގޮތް މީހަކު ކިޔާދިނުމުން ގަސްކުރަހާ އިރު، އަމިއްލަގޮތެއް ހިމަނާލައިގެން ގަސް ކުރެހުން.
މީހެއްގެ ފަރާތުން ނުވަތަ އެހެންވެސް ގޮތަކުން ފެނުނު ކަމެއް ބަދަލަކާއެކު، ނަކަލުކުރުން. ނުވަތަ އެހެންގޮތަކަށް ބަދަލުކޮށް ގެން އެކަންކުރުން.
ސިންތަސައިޒްކޮށް މޮޑެލްކުރުން.

މިތިއަރީ އަކީ ކިޔަވައިދިނުމުގައި ރަނގަޅު ތިއަރީއެއް

- މިތިއަރީގައި މަސައްކަތް އަމިއްލަ ވަޒަންކުރެވެއެވެ.
- ޢަމަލީކޮށް މަސައްކަތްކުރުމަށާއި ބައިވެރިވުމަށް ފުރުޞަލިބުން އަދި މަސައްކަތް ކުރެވިގެން ދެއެވެ.
- ކިޔެވުމަކީ މާނަހުރި އެއްޗެއްކަން ދެނެގަނެގެން ކިޔުން
- މާހައުލާއި ދިރިއުޅުމުގެ ކަންކަމަށް ލޯހުޅުވުން.
-ކަންތައްތައް ރޭވުމާއި މަޢުލޫމާތު ބަދަލުކުރެވިގެންދެއެވެ.
- ތަޖުރިބާއިން ކަންކަން ހާޞިލްކުރެވިގެންދެއެވެ.
v    މިތިއަރީގެ އެންމެ ބޮޑު ވަޞީލަތަކީ އަދި އެންމެ ކާމިޔާބު ކަމަކީ ނަމޫނާއިން (މޮޑެލިންގ) އުނގަންނައި ދިނުމެވެ.  އަދި ދަރިވަރުންގެ ކިޔެވުމާއި އަޚްލާޤަށް އެންމެ ބޮޑަށް އަސަރުކުރަނީވެސް މާހައުލުން ފެންނަ ނަމޫނާތަކުންނެވެ. މިސާލަކަށް ދަރިވަރުން ވިޔަސް އެނޫން ބައެއްވިޔަސް ކޮޕީ ކުރުމުގެ ސިފަ ވަރަށް ބޮޑަށް ހަރުލާފައި ހުރުމަކީ އިންސާނީ ޠަބީޢީ ކަމެކެވެ. އެހެނީ މަޝްހޫރު މީހުންގެ ކަންތައްތައް ކޮޕީ ކުރުމަކީ މިގޮތުގެ މަތިން ކުރެވެމުން ދާ ކަމެކެވެ.
މީގައި ފެންނަން ހުރި އެންމެ ރަނގަޅު ދިރިހުރި މިސާލަކީ:
          ނަމާދު ކުރުމަށް މުދައްރިސް ނުވަތަ މައިންބަފައިން ބުނެފައި އެކަންނުކުރާނަމަ، ދަރިވަރުން ދެކޭގޮތް ރަނގަޅު ނުވެދާނެއެވެ. އޭގެ ބަދަލުގައި މުދައްރިސް ނުވަތަ މައިންބަފައިން ނަމާދު ކުރާތަން ދަރިވަރުންނަށް ފެންނަނަމަ، ކުދިންވެސް އެކަން ކުރުމަށް ޝައުޤުވެރިވާނެއެވެ.
v    އެހެން މީހުންގެ ތަޖުރިބާއިން (ވިކޭރިއަސްކޮށް) ދަސްކުރުމަކީވެސް މިތިއަރީގައި ހާމަކޮށްދޭ ވަރަށް ފައިދާ ހުރިކަމެކެވެ.  ( ނަތީޖާއަކަށްވަނީ ތިމާއެކަމެއް ތަޖުރިބާނުކޮށް، އެކަމެއް ތަޖުރިބާކުރުމަށް ވަގުތާއި އެހެނިހެން މަސައްކަތްނުކޮށް އެހެންމީހެއްގެ ތަޖުރިބާގެ އަލީގައި ރަގަޅަށް ކުރިއަށްދާން މަގުދައްކައިދިނުމެވެ.)
ޑޮކްޓަރުކަން ކިޔަވަން ބޭނުންވާ ކުއްޖަކު ގްރޭޑް އަށަކަށް ދިއުމުން، އެކުއްޖާ ޚިޔާރުކުރަންވީ ކޮންސްޓްރީމެއްކަން އެކަން ތަޖްރިބާކޮށްފައިވާ މީހެއްގެ ކިބައިން ނުވަތަ އޭލެވެލް ހަދާ ކުއްޖެއްގެ ކިބައިން އަހާ އޮޅުންފިލުވައިފިނަމަ، އެކަމުގައި ކުރިޔަށް ދިއުމަށް އިތުރު އެހީއަކަށް ވެގެންދާނެ. ސަބަބަކީ ބައެއް ކުދިން ސްޓްރީމެއް ޚިޔާރުކުރާއިރު، ކުރިޔަށް ދާންބޭނުންވާ ރޮނގެއް ނޭނގި ޚިޔާރުކުރުމުން ބައެއްފަހަރަށް އެކަމުގެ އުނދަގޫތަކާ ކުރިމަތިލާންޖެހޭތަން އާދެއެވެ.

ސެލްފް ރެގިއުލޭޓް ކުރުމަށް ފުރުޞަތު ދިނުމަކީ ކިޔެވުމުގައި ވަރަށް މުހިއްމު ބަހާއެކެވެ.  މިހެނީ މިކަމުގެ ސަބަބުން ގޯލާ ހަމައަށް ދިޔުމަށްޓަކައި ވިސްނުމާއި ސުލޫކު އަދި އިހުސާސްތައް ވަކިގޮތަށް ކޮންޓްރޯލްކުރާ ކަމަށް ސެލްވިން (2003) ހާމަކުރައްވައެވެ. އެހެންމަކުން މިއީ ދިރިއުޅުގެ މައިދާނުގައި ވަރަށް ބޭނުންތެރި އެއް ސިފައެވެ. މިކަމުގެ ސަބަބުން ކުދިން އަމިއްލައަށް ވަޒަންކޮށް ކުރިއަށް ދާންވީ ގޮތްތައް ހޯދައި ދޭހަކޮށް މުރާޖާކޮށް ރެކޯޑްތައް އަޅާކިޔައި ލަނޑުދަނޑިއާ ހަމައަށް ދިޔުމަށް އަލުން ރާވާލުމަށް ފުރުޞަތު ލިބިދެއެވެ. ވުމާއެކު މުދައްރިސުން ވީހައި ވެސް ބޮޑަށް ދަރިވަރު މަސައްކަތުގައި އުޅެވޭނެ މަގު ފަހިކޮށްދީ ކިޔެވުމަށް ފަހި މާހައުލެއް ޤާއިމްކޮށްދީ ނަމޫނާއަކަށްވުން ވަރަށް މުހިއްމެވެ.

ސެލްފް ރެގިއުލޭޝަން
ބަންދޫރާ ފާހަގަކުރާގޮތުގައި މާހައުލުން ބަލައިގެން އުނގެނުނަސް އަދި މޮޑެލިން މެދުވެރިކޮށް އުނގެނުނަސް ނުވަތަ ވިކޭރިއަސްކޮށް އުނގެނުނު ކަމުގައިވިޔަސް މިއިންކޮންމެ ބާވަތެއްގައިވެސް ސެލްފް ރެގިއުލޭޝަން ވަރަށްބޮޑު ދައުރެއް އަދާކުރެއެވެ.
* ސެލްފް ރެގިއުލޭޝަންއަކީ ޙާޞިލުކުރަން ބޭނުންވާ ގޯލާއި ހަމައަށް ދިއުމަށްޓަކައި ވިސްނުމާއި ސުލޫކް އަދި އިޙްސާސްތައް ވަކިގޮތަކަށް ކޮންޓްރޯލް ކުރުމެވެ.
* ސެލްފު ރެގިއުލޭޓަޑް ލާރނިންގ ( ސެލްފު ރެގިއުލޭޝަން އުނގެނުމަށް ލިބިފައިވާ ) ކުދިންގެ ކިބައިގައި ވަރަށް މުހިންމު ދެބައެއްވެއެވެ.
އެއީ:- އުނގެނުމުގެ ތަފާތު ހުނަރުތަކާއި،  އަމިއްލަ ނަފުސު ކޮންޓްރޯލް ކުރުމުގެ ފުރިހަމަ ޤާބިލުކަން ލިބުމެވެ.
މިދެކަމުގެ ސަބަބުން ބޭނުންވާ ގޯލު ޙާޞިލު ކުރުމަށް ފަސޭހަވެގެންދޭ. ( މާނައަކީ؛ އެކުދިންގެ ކިބައިގައި ކިޔެވުމުގެ ހުނަރާއި އުނގެނުމުގެ ޢަޒުމު ލިބިގެންވުން )

- އެހެން މީހުން ކަންކަން ކުރާގޮތް ބަލައިގެން ދަސްކުރުމަކީވެސް މިތިއަރީގެ ވަރަށްބޮޑު ފައިދާއެއް.
ކުލާހުގެ އެއްދަރިވަރަކު އަނެއްދަރިވަރެއްގެ ކިބައިން އުނގެނުމާއި ކަންކަން ދަސްކުރުމަށް މަގުފަހިވެގެން ދިއުމަކީ ވެސް މިތިއަރީގައި ފާހަގަ ކޮށްލެވޭ ކަމެކެވެ.
މިސާލަކަށް:
ކުލާހުގައި ގްރޫޕް މަސައްކަތެއް ހަވާލު ކުރާއިރު، ކުލާހުގައިތިބޭ އެކި ފެންވަރުގެ ކުދިން ( މޮޅު،ދެރަ، މެދުމިން ) މިތިންބައި އެކުލެވޭގޮތަށް ބަހާލައިގެން ކުރިޔަށް ގެންދިއުން. މިގޮތަށް ކަންތައްކުރުމުން ކުލާހުގައި ތިބޭ ދަށްފަންތީގެ ކުދިންވެސް އެގްރޫޕްތަކުގައި ތިބޭ މޮޅެތި ކުދިން ކަންތައްކުރާގޮތް ބަލައި ދަސްކޮށްގެން އެގޮތަށް ކަންތައް ކުރެވޭތޯ ބަލާނެ. އަދި މިއީ ވަރަށް ރަނގަޅު ގޮތެއްކަމަށް ފާހަގަ ކުރެވެއެވެ.




Saturday, April 27, 2013



އުގެނުމާއި އުގަންނައިދިނުމަށް އެންމެ ކަމުދާ ދެތިއަރީ

އުގެނުމާއި އުގަންނައި ދިނުމަކީ ވަރަށް ބޮޑަށް އެކަތި އަނެއްކަޗާ ބަރޯސާވެފައިވާ ދެކަމެވެ. އުގަންނައި ދިނުމުގެ މާހިރުންވަނީ މިކަންކަން ވަރަށް ބޯދެތި ދިރާސާތައް ކޮށް އެކަށީގެންވާ ނަތީޖާތައް ޙާސިލް ކޮށްފައެވެ. އާދެ އުގެނުން ނުވަތަ އުގަންނައިދިނުމަށް ޓަކައި އެންމެ މުހިއްމީ ޤާބިލް ބައެކެވެ. މިގޮތުން އުގަންނައިދިނުމުގެ މަސައްކަތް ކުރާމީހުން ވިސްނަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަވެއެވެ. އެގޮތުން ކިޔަވައިދިނުމާއި ގުޅިފައިވާ ވައްޓަފާޅިތައް ޓީޗަރުންނަށް ވަރަށް ރަނގަޅަށް އެނގެން އެބަޖެހެއެވެ. އަދި އެތިއަރީތައް އެގޮތުގައި ބޭނުންކުރަން ޖެހެއެވެ. މިގޮތުން އަޅުގަނޑުއުޅޭ މާޙައުލަށް އެންމެ އެކަށީގެންވާ ދެތިއަރީއާބެހޭގޮތުން މިތަނުގައި ލިޔެލަމެވެ. އެއީ އަޅުގަނޑު ދިރާސާކުރިކުރުމަށާއި، ކުރެވުނު ތަޖުރިބާ ތަކުގެ މައްޗަށް ބަލާފައެވެ.

އުގެނުމަކީ ކޮބާ؟
ދިވެހި ބަސްފޮތް 2009 ކުގައިވާ ގޮތުން  އުނގެނުމަކީ، ދަސްކުރުން، ދޭހަކޮށްގަތުން ނުވަތަ ކިޔެވުމެވެ.
ވިކިޕީޑިއާ ގައިވާގޮތުގައި އުގެނުމަކީ Learning is acquiring new, or modifying existing, knowledgebehaviorsskillsvalues, or preferences and may involve synthesizing different types of information (http://en.wikipedia.org)
އާމިނަތު ޝާފިއާ އާދަމް ހާމަކުރާގޮތުގައި އާންމު ގޮތެއްގައި ދަރިވަރުން އުނގެނެނީ، އަތްލައި ބަލައިގެން އަޑުއަހައިގެން، ތަޖުރިބާ ކޮށްގެން، ތަފާތު ހިއްސުތައް ބޭނުންކޮށްގެން، ޙަރަކާތްތެރިކަމާއެކު ބައިވެރިވެގެން، މަޝްވަރާކޮށް ހިއްސާ ކޮށްގެން ފަދަ ކޮންމެވެސް ގޮތަކަށެވެ.

ބިހޭވިއަރަލް ލާނިންގ ތިއަރީ ()
އުގެނުމަކީ ތިމާކުރާ ތަޖުރިބާތަކެއްގެ ސަބަބުން މާޙައުލުން ހާމަވެ ފައުޅުވާ ދާއިމީ ބަދަލެކެވެ. އެއީ އޭގެސަބަބުން ތިމާގެ ސުލޫކަން ބަދަލުތަކެއް އައުމާއެކުއެވެ. ވީމާ މިގޮތައް ތިމާގެ ސުލޫކު ބަދަލުކުރުމަށްޓަކައި އުގަންނައިދޭ މީހުން މިކަމަށް ވިސްނަން ޖެހެއެވެ. އެއީ އެކިޔަވާ އެއްޗެއްގެ ސަބަބުން ދަރިވަރުގެ ސުލޫކަން ބަދަލު އާދޭތޯ ، އެއީ އުގަންނައިދިނުމުގައި ވިސްނަން ޖެހޭ ކަމެކެވެ. މިގޮތުން ކިޔަވައިދިނުމމުގެ މާޙައުލަށް އެންމެ ފެތޭ ބަލައިގަންނަން އެންމެ ފަސޭހަ ތިއަރީ އަކީ ބިހޭވިއަ ލާރނިން ތިއަރީއެވެ.
މިތިއަރީއަކީ ޕަވްލޯ އާއި ބީއެފް ސްކިނަރ ނަމަކަށް ކިޔުނު ދެ ސައިންޓިސްޓުން އިންސާނާގެ ސުލޫކު ތަޖުރިބާކުރުމަށް ކުރި ތަޙުލީލެއްގެ ނަތީޖާއެވެ. މިތިޔަރީގައި ބުނާގޮތުން އުގެނުމަކީ ހަމައެކަނި އެތެރެ ފުށުން ހިގާކަމެއް ނޫނެވެ. ބޭރުފުށުންވެސް ދައްކަންޖެހެއެވެ. އެއްޗެއް އުގެނުމަށްފަހު އެއެއްޗެއް އޭނަގެ ޢަމަލުން ދައްކައިފިނަމަ އެއުގެނުނު އެއްޗެއްގެ ނަތީޖާ ލިބިގެންދާނެއެވެ. އުގެނުމުގެ ސަބަބުން އޭނާގެ ސުލޫކަށް ބަދަލު އަންނާނެއެވެ. މިސާލަކަށް އެއްވެސް ގޮތަކަށް ނަމާދު ނުކޮށް އުޅޭމީހަކަށް ނަމާދުގެ މާތްކަމާއި މަތިވެރިކަން އެގި، ނަރަކައިގެ ޢަޒާބު އެގިއްޖެނަމަ ދެން ނަމާދު ކުރަންފަށާނެއެވެ. އެހެނީ އޭނައަށް ދަސްވި އެއްޗެއްގެ ސަބަބުން އޭނަގެ ސުލޫކަން ހެޔޮ ބަދަލުއެބައާދެ އެވެ.
ü     މި ތިއަރީ މާނަކުރާ ގޮތުގައި އުނގެނުމަކީ މާހައުލުން އުނގެނޭ ފަރާތަށް ކުރުވާ އަސަރެއްގެ ނަތީޖާގެ ސަބަބުން ބޭރުފުށުން ހާމަވެ ފާޅުވާ ދާއިމީ ބަދަލެއް އަންނާނެއެވެ.
ü     މި ބަދަލަކީ ގަސްދުގައި ނުވަތަ ގަސްދުގައި ނޫން ގޮތަކަށް ވެސް އަތުވެދާނެ ބަދަލެކެވެ.
ü     މި ތިއަރީގައި އިންސާނުންގެ ސުލޫކު ގުޅިފައިވަނީ އޭނާގެ މާހައުލުގައި ކުރާ ތަޖުރިބާތަކާއި، ހިއްސާކުރާ ހިއްސާކުރުން ތަކާއެވެ.
ބިހޭވިއަރަލް ތިއަރީގައި ކުރީގައި އުގެނުނު އެއްޗެއް އިތުރަށް އުގެނުމުގެ ފުރުސަތު ލިބިދެއެވެ. އެއީ މިތިއަރީގައި ކޮންޓިގިއުޓީ އަދި ކލެސިކަލް ކޮންޑިޝަން އޮންނާތީއެވެ. ކޮންޓިގުއިޓީއަކީ ގުޅިފައިވާ ދެއެއްޗެވެ. ނުވަތަ އެއްވައްތަރުގެ ދޭތިއެވެ. މިތިއަރީ ބުނާގޮތުން ސްޓިމިއުލާއަކާއި ރެސްޕޯންސް އެއްވަގުތެއްގައި،  އެއް ތަނެއްގައި ހިނގައިފި ނަމަ، އެއީ އެއްކޮށް ގުޅިގެންދާ ކަމެއް ނުވަތަ އެއްކަމެއް އަނެއް ކަމާ ލައިމެހިގެން ދާ ދިއުމެވެ.
މިސާލު: ނަވަތަ ދަސްކުރާއިރު ދުއި ދެގުނަން ސާރި މިފަދައިން ގިނައިން ކިޔުމުން ދުއި ދެގުނަން ކިޔާއިރަށް [ސާރި] މިހެން ބުނެވެއެވެ.
ކުލެސިކަލް ކޮންޑިޝަން އަކީ އީވާން ޕެވްލޯވު (1849-1936) އުފެއްދި ތިއަރީއެކެވެ. މި ތިއަރީ ބުނާގޮތުން އެލިސިޓިންގ ސްޓިމިއުލާއެއްގެ ސަބަބުން އުނގެނުން ހިނގާނެއެވެ.  ޚާއްޞަކޮށް މީގައި އަންގައިދެނީ ދެ ސްޓިމިއުލީ އެއް އެކަތި އަނެކެއްޗާއި ގުޅިގެން ފާޅުވާ ނަތީޖާ ނުވަތަ ރެސްޕޯންސް ހިނގައިގޮތެވެ. މިތިޔަރީގެ ސަބަބުން އަޅާލުމާއި ޖަވާބުދާރީވުމަށް ފަސޭހަވެގެން ދެއެވެ. އޭނާގެ ސުލޫކީ ނިޒާމުގައި އަށަގެންފައިވާ އަޅާލުން ކުޑަކަން ނެތިގެން ދެއެވެ. އަމިއްލަ އިޚްތިޔާރެއް ނެތި އެކަމަކަށް ސަމާލުކަން ދެވެއެވެ. މިސާލަކަށް ބިރުވެރި ވާހަކައެއް ކިޔައިދީފިނަމަ އެއްވެސް އިޚްތިޔާރެއް ނެތި ބިރުވެރިކަން ހިތައް ވަދެގަނެއެވެ. މިތިޔަރީގެ ބާނީ މިތިޔަރީ ގުޅުވާފައިވަނީ އޭނާ ކުއްތާބޭނުން ކޮށްގެން ކުރި ތަޖްރިބާ އަކާއެވެ.
ހަމަ މިޔާއެކު ީ، ބީ. އެފް. ސްކިނަރ (1938) އުފައްދާަފައިވާ އޮޕަރަންޑް ކޮންޑިޝަން އަކީ ވެސް މިތިޔަރީގައި ފާހަގަކޮށްލެވޭ ތިޔަރީއެކެވެ. މި ތިއަރީ ބުނާގޮތުން އުނގެނުން ބިނާވެފައިވަނީ އެކަމަށް އަސަރު ކުރުވާ ކަމެއްގެ ނަތީޖާގެ (ކޮންސިކުއެންސް) ސަބަބުންނާއި، އެކަމުން އަސަރު ކުރުވާ ކަންތައްތަކެއްގެ (އެންޓިސިޑެންޓްސް) ސަބަބުންނެވެ. މިކަމުގެ ސަބަބުން ދަރިވަރުންގެ ސުލޫކީ ނިޒާމްގައި ހުންނ ބޭއަދަބީ ކަންތައްތައް ހުއްޓުވައެވެ. އަދި ދަރިވަރުގެ ކިބައިގައި ރަނގަޅުކަންތައް ތަރައްޤީ ކުރުމަށް އިތުރު ހިތްވަރު ލިބިގެންދެއެވެ. މިސާލަކަށް ދަރިވަރު ފިލާވަޅު ނުހަދާ އަތުވެއްޖެނަމަ ފިލާވަޅުހެދުމަށް ސުކޫލްގައި މަޑުކޮށް ފިލާވަޅު ހެއްދުމުން އެކަންތައް ތަކުރާރުކުރުމަށް ފަސްޖެހޭނެއެވެ. ނަތީޖާއެއްގެ ގޮތުން ފިލާވަޅު ނުހެދުމުގެ ސުލޫކު ނެތިގެންދާނެއެވެ. އޮޕަރަންޑް ކޮންޑިޝަންގެ ބައިތަކުގެ ތެރޭގައި:
ރެއިންފޯސްމެންޓް:
ކަމަކާ ގުޅިގެން އަންނަ ސުލޫކު އެކަމަކުން އިތުރުކޯށްދޭ ނުވަތަ ބާރުގަދަކޮށްދޭ ކޮންމެ ކަމަކީ ރީއިންފޯސްމެޓްއެވެ. އެގޮތުން ދަރިވަރު ކިބައިގައިވާ ރަނގަޅު އާދައެއް ިއިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ނުވަތަ ދަރިވަރު ކުރި ރަނގަޅު ކަމަކަށް ޓީޗަރު ހިތްހަމަ ޖެހުނުކަން އެއްގުމަށްޓަކައި ދެވޭ ހިތްވަރުދިނުމުގެ ބަހެއް ނުވަތަ ދެވޭ އެއްޗެކީ ރީއިންފޯސްމެންޓް އެވެ. މިސާލަކަށް ސުވާލެއްކުރުމުން ވަރަށް ރަނގަޅޭބުނުން. ނުވަތަ ސާފުޠާހިރުކޮން ރަނގަޅަށް ފިލާވަޅު ނިންމާ ފޮތް ގެންގުޅޭ ކުދިންނަށް ބެޖެއް ދިނުން، އެގޮތުން އެކުއްޖާ އެގޮތުގައި ދެމިހުރުމަށް ހިތްވަރަކަށް ވެގެންދާނެއެވެ.ރެއިންފޯސްމެންޓް ދެބަޔަކަށް ބެހިގެންވެއެވެ. އެއީ
ޕޮސިޓިވް ރީއިންފޯސްމެންޓް:
ސުލޫކުގެ ފަހުން ސުލޫކާއި ގުޅުވައިގެން ދެވޭ ކުއްޖާގެ ހިތްއެދޭ އެއްޗެއް ކަމެއް ނުވަތަ ނަތީޖާއެކެވެ. އެއީ ޓީޗަރު ހިތްއެދޭ ކަމެއްކުރުމުން ނުވަތަ ހިތްއެދޭ ސިފައެއް ހުރުމުން ދަރިވަރަށް ދެވޭ ހަދިޔާއެއް ނުވަތަ ރަނގަޅު ބަހެކެވެ. މިސާލަކަށް އަވަހަށް ފިލާވަޅު ނިންމުމުން ބެޖެއް ދިނުން، އޭ ރިޕޯޓް ހޯދުމުން ޗޮކްލެޓެއް ދިނުން. މިގޮތުން ދެވޭ ރީއިންފޯސްމެންޓް އާއްމުކޮށް ދެނީ އަނގަބަހުން ނުވަތަ ބެޖެކެވެ.
ނެގެޓިވް ރެއިންފޯސްމެންޓް:
ސުލޫކުގެ ފަހުން އެ ސުލޫކާއި ގުޅިގެން ކުއްޖާއަށް ކުރިމަތި ކުރެވޭ ނުރަނގަޅު ކަންކަން ދުރުކޮށްދިނުމުގެ ގޮތުން ކުރެވޭ ކަމެކެވެ. މިފަދަ ކަންކަމަކީ ޓީޗަރު ބޭނުންވާ ކަމެއްކުރުމަށްޓަކައި ދަރިވަރު ގާތު އެކުދިން ބޭނުންކަމެއް ނުކުރުމަށް ބުނެ ޓީޗަރުގެ މަޤްޞަދު ޙާޞިލް ކުރުމެވެ. މިސާލަކަށް މަޒުމޫނު ލިޔެފިކަމުގައިވަނީނަމަ ހަފްތާގައި ލިޔަންޖެހޭ ޞަފްޙާ ނުލިޔުންވުން. ޙަޤީޤަތުގައި މިދެކަންތަކީ ވެސް ދަރިވަރު ފޫހިވާ ދެކަންތަކެވެ. އެހެންނަމަވެސް ޓީޗަރުގެ މަޤްޞަދަކީ ދަރިވަރު ލައްވާ އެދުވަހު މަޒުމޫނު ލިޔުމެވެ. މިކަމުގެ ސަބަބުން ފޫހިވާ އެހެންކަމެއް ނުކޮށްވެއެވެ. ނެގެޓިވް ރެއިންފޯސްމެޓް އެއީ ދަރިވަރަށް ދެވޭ އަދަބަކަށް ވެގެންނުވާނެއެވެ.
ރެއިންފޯސް މެންޓް ދިނުމުގައި ވިސްނަންވީ:
ވަގުތުން ވަގުތައް ރެއިންފޯސްމެންޓް ދިނުން. މިސާލަކަށް ކުއްޖާ އަވަހަށް ފިލާވަޅު ނިންމުމުން އެކަން ފާހަގަ ކުރަންވާނެއެވެ. އަދި އެކަމަށް ރެއިންފޯސް ކުރަން ވާނެއެވެ. ރެއިންފޯސްމެންޓް އަވަސް އަވަހަށް ދިނުމަކީ ވެސް ކުދިން ޝައުޤުވެރިވެ ކުރުވާކަމެކެވެ. ރެއިންފޯސް ކުރާއިރު އެއްވެސް ކުއްޖަކު ތަފާތުކުރެވިގެންނުވާނެއެވެ. އެހެންނޫންނަމަ މީގެ ނަތީޖާއެއް އެކަށީގެންވާ ގޮތެއްގައި ނުފެންނާނެއެވެ.
މިގޮތުން ކުއްޖާގެ ސުލޫކަށް އެދެވޭ ބަދަލެއް ނައިސްފިނަމަ ޓައިމް އައުޓް ކުރާށެވެ. އެއީ  މިސާލަކަށް ކުއްޖާ ފިލާވަޅު ނުހަދާ ތަކުރާރު ކޮށް އަންނަނަމަ ކޮޅަށްބެހެއްޓުން، ނުވަތަ އެހެންކުދިންނާ އެކަހެރި ކޮންލުމެވެ. ނަތީޖާއެއްގެ ގޮތުން ދަރިވަރު ކުރި ކަންތައް އިޙުސާސްވެ އަމިއްލައަށް އެކަންތައް އިސްލާޙް ކުރާނެއެވެ.
އަދަބު ދިނުމަކީ ވެެސް ދަރިވަރު ކުރާ ކުށެއްގެ ބާވަތުން، ނުވަތަ ތަކްރާރުކުރާ ވަރެއްގެ ނިސްބަތުން އޮންނަން ޖެހެނެކަމެކެވެ. އެހެންނަމަވެސް އަދަބު ދޭންޖެހެނީ ދަރިވަރަކަށް ނޫނެވެ. އެދަރިވަރު ކުރި ޢަމަލަށެވެ. މިސާލަކަށް ކުލާހުގައި ހަޑިކޮށްވާހަކަދައްކައިފިނަމަ މިއީ ވަރަށް ގޯސް ކުއްޖެކެ ބުނެގެންނުވަނެއެވެ. ގޯސްވަންޖެހެނީ އެޢަމަލެވެ. އަދި އަދަބު ދޭންޖެހޭނީ ޢަމަލު ކުރާވަގުތުއެވެ. މާފަހުން އެކަމެއް ހަނދާން ނެތެފަހުން އަދަބު ދެވިގެންނުވާނެއެވެ.
މިތިޔަރީ ނެގި ސަބަބު ތަކުގެ ތެރޭގައި:
-         މިތިޔަރީ އަކީ ބޭނުން ކޮށްލަން ވަރަށް ފަސޭހަ ތިއަރީއެކެވެ.
-         މިތިޔަރީގެ ސަބަބުން ކުއްޖާގެ ސުލޫކަން އަންނަ ބަދަލުތައް ވަގުތުން ވަގުތައް މޮނިޓަރ ކުރެވެމުން ދެއެވެ.
-         ގިނަގިނައިން ރިވޯޑް ދީ ރެއިންފޯސް ކުރާނަމަ ދަރިވަރަށް އެކުދިންގެ ކާމިޔާބީ އިޙްސާސް ކުރެވޭނެއެވެ.
-         މިތިޔަރީ އަކީ ހުރިހައި އުމުރުފުރަޔަކާވެސް ގުޅޭ ތިޔަރީއެކެވެ.
-         ކުލާސް ފަސޭހަކަމާއެކު ކޮންޓްރޯލް ކުރެވި ފަސޭހައިން މަޤްޞަދު ޙާސިލް ކުރެވެއެވެ.

މޯޓިވޭޝަން ތިއަރީ
ދެން އަޅުގަނޑަށް އެންމެ ފާހަގަކޮށްލެވުނު ތިއަރީ އަކީ މޯޓިވޭޝަން ތިއަރީއެވެ. އާއްމު ގޮތެއްގައި މޯޓިވޭޝަން ތިއަރީގެ މާނައެއްކަމުގައި ބުނެވެނީ އިންސާނާގެ ސުލޫކު އުތުރުވައި، މިސްރާބުކުރުވައި، ރައްކާތެރިކޮންދޭ އެތޭރޭގެ ޙާލަތެކެވެ.
ޝަވްޤުވެރިކަމަކީ ވަކި ކަމެއް ނުވަތަ ލަނޑުދަނޑިއެއް ޙާޞިލު ކުރުމަށްޓަކައި އެ ދިމާއަށް ކުއްޖާ އަމާޒުކުރުވާ އެކަމަށް ބާރުފޯރުވާ، އެކަން ޙާޞިލު ކުރުމަށް ތަފާތު ކަންތައްތައް ކުރުވާ ބާރެކެވެ. އެހެންކަމުން ބައެއް ސައިކޮލޮޖިސްޓުން މިތިއަރީ އެއީ ފަރުދީ ކަމެއްގެ ގޮތުގައި ބަލައެވެ. އެހެނީ މިފަދަ މީހުންނަކީ އަމިއްލަ ޒާތުގައި ވަކިކަމެއްކުރުމަށް ޝައުގުވެރިކަން ހުންނަމީހުންނެވެ. މިސާލަކަށް ފުޓުބޯޅަ ކުޅެން ޝަޢުގުވެރިކަން ހުންމީހުން ކޮންމެހާލަތެއްގައިވެސް އެކަން ޝައުގުވެރިކަމާއެކު ކުރާނެއެވެ. ގިނަ ސައިކޮލޮޖިސްޓުން މޯޓިވޭޝަން އަކީ ކޮންއެއްޗެއްކަން ހާމަކޮށްދެނީ ޙާލަތާ ގުޅުވައިގެންނެވެ. ޙާލަތުގެ ސަބަބުން ޝައުގުވެރިކަންވެސް ބަދަލުވެގެން ދެއެވެ. މިސާލަކަށް އަޅުގަނޑު މިވަގުތު މިއެސައިންމެޓް ޝައުގުވެރިކަމާއެކު މިލަޔަނީ މިމާއްދާއިން ފާސްވުމުގެ މަޤްޞަދުގައެވެ. އަޅުގަނޑުގެ ޝައުގުވެރިކަން ޙާލަތާއި އެކީ މިއޮތީ ބަދަލުވެފައެވެ.

ބިހޭވިއަރިސްޓުންގެ ނަޒަރިއްޔާތާއި ޝައުގުވެރިކަން
މިގޮތުން ތަފާތު ދެނަޒަރިއްޔާތެއް ފާހަގަ ކޮށްލެވެއެވެ. އެއީ :
. ބީ އެފް ސްކިނަރގެ ނަޒަރިޔާތު
Ø     ޝަވްޤުވެރިކަން ގުޅުވާފައިވަނީ ތަރުޙީބު ދިނުމާއި ހިތްވަރު ދިނުމާ އެވެ. ކުދިންގެ ކިބައިން ފެންނަ ރަނގަޅު ސުލޫކުތަކަށް ހިތްވަރުދީހެދުމުން އެކަން ތަކުރާރު ކުރުމުގެ ޝަވްޤުވެރިކަން ހިތުތެރޭގައި އުފެދިގެން ދެއެވެ.
Ø     ޝަވްޤުވެރިކަން ގުޅިފައިވަނީ ތަފާތު ހިތްހަމަޖެހޭ ކަންކަމާއި ގުޅިގެން ކުރެވިފައިވާ ތަޖުރިބާތަކާއި، އަދި ހިތްހަމަ ނުޖެހޭ ކަންކަމާއި ގުޅިގެން ކުރެވިފައިވާ ތަޖުރިބާތަކުގެމައްޗަށް ބިނާކޮށެވެ.
Ø     މިސާލަކަށް ހިސާބު ކުލާހަށް އެއްބަޔަކު ވަރަށް ގަޔާވެގެން ވަންނަ އިރު އަނެއް ބަޔަކަށް އެއީ ޖަލަކަށް ދިއުން ފަދަ ކަމެކޭ ހީވުމަކީ އެކަށީގެންވާ ކަމެކެވެ. ސްކިނަރ ހާމަކުރައްވާ ގޮތުގައި މި ފަދަ އިޙުސާޞްތައް ގުޅިފައި ވަނީ ކުރިން ކުރެވިފައިވާ ތަޖުރިބާގެ މައްޗަށެވެ.
ސްކިނާރގެ ނަޒަރުގައި އިނާމު ދީގެން ޝަވްޤުވެރިކަން އިތުރު ކުރެވިދާނެއެވެ. ނަމަވެސް އިނާމު ދިނުމުގައި ބަލަންޖެހޭ 3 ނުކުތާއެއް ވެއެވެ. އެއީ:
1.    އިނާމު ދޭންޖެހޭނީ ކުދިން އަމިއްލައަށް ޝަވްޤުވެރި ނުވާ ކަންކަމަށް
2.    އިނާމު ކަނޑައެޅި ކަންކަން ފުރިހަމަކުރި މިންވަރަށް ބަލައިފައި އިނާމު ދިނުން
3.    ދެވޭ އިނާމަކީ ކުރާ މަސައްކަތް ފުރިހަމަ ކުރުމަށް ބާރުއަޅާ ފަދަ ގޮތަކަށް ދެވޭ އެއްޗަކަށް ވާންޖެހޭނެ.
އަލްބަޓް ބަންޑޫރާގެ ނަޒަރިއްޔާތު
Ø     ބަންޑޫރާ ދެކޭ ގޮތުގައި ކަންކަން ދަސްކުރަނީ ބަލައިގެން، ނަކަލު ކޮށްގެން، އެހެން މީހުންގެ އެފަދަ ތަޖުރިބާތައް އަޑުއަހައިގެން، ދެނެގަނެވިގެން، ފެނިގެން ފަދަ ގޮތްގޮތަށެވެ.
މިސާލު: ކިޔަވައިދިނުމުގެ ތަޖުރިބާގެ ދުވަސްވަރު ޢަލީގެ ކިޔަވައިނުމާމެދު ލެކްޗަރަރ ހިންހަމަޖެހުނު ވާހަކަ ދެއްކުމުން އެކަން އަޑުއަހަން ހުރި މުޙައްމަދު އޭނާގެ ކިޔަވައިދިނުން ވެސް އެފަދަ ގޮތަކަށް ގެންދިއުމަށް މަސައްކަތް ކުރުން.
         ހިޔުމަނިސްޓުންގެ ނަޒަރިއްޔާތާއި ޝަވްޤުވެރިކަން
މި ތިއަރީގެ ބާނީއަކީ، އަބްރަހަމް މާސްލޯ އެވެ.މިތިއަރީ ހާމަކުރާގޮތުގައި  އިންސާނުންގެ ޝަވްޤުވެރިކަމާއި ގުޅިފައިވަނީ އޭނާގެ ތަފާތު ބޭނުންތަކާ އެވެ. ކޮންމެ ބޭނުމެއް އެއް ބޭނުމެއް ފުއްދުމަށް ފަހު އަނެއް ބޭނުމެއް ފުއްދުމަށް ޝަވްޤުވެރިކަން އިތުރު ކުރެއެވެ.
މި ނަޒަރިއްޔާ ބުނާ ގޮތުން ކުލާހުގައި ކުއްޖާގެ ޝަވްޤުވެރިކަން އިތުރު ކުރުމަށް ދެ ކަމެއް އޮންނަން ޖެހެއެވެ. އެއީ ދަރިވަރާއި މުދައްރިސާ ދެމެދު ހަރުދަނާ ގުޅުމެއް އޮތުމާއި ކުލާހުގެ މާހައުލުގައި ހަރުދަނާކަމާއި ރަނގަޅުކަން އޮތުމެވެ.
ކޮގްނަޓިވް ނަޒަރިއްޔާތުތަކާއި ޝަވްޤުވެރިކަން
Ø     މި ތިއަރީތަކުގައި ހާމަކުރާ ގޮތުގައި މީހުންގެ ސުލޫކު ގުޅިފައިވަނީ އެމީހުން ވިސްނާ ވިސްނުންތަކާ އެވެ.
Ø     އެއްވެސް ހާލެއްގައި ކުރިން މީހަކު ދިން އިނާމަކުން ނުވަތަ ދިން އަދަބަކުން ވަކިކަހަލަ ސުލޫކެއްގެ މަތީގައި ދެމި ހުރުމަށް މީހާގެ ޢަޒުމް ކަނޑަނޭޅޭނެ އެވެ.
މި ރަޢުޔުގެ މީހުން ސިފަ ކުރެވެނީ ބަދަހި ރޯލެއް އަދާކުރާ އަމިއްލައަށް މަޢުލޫމާތު ހޯދާ އުނގެނުމަށް މަސައްކަތް ކުރާ އަދި މައްސަލަތައް އަމިއްލައަށް ޙައްލުކުރާ ފަރާތްތަކެއްގެ ގޮތުގައެއެވެ.
މި ރަޢުޔުގެ މައްޗަށް މައިގަނޑު 4 ތިއަރީއެއް ތަފާތު ގޮތްގޮތަށް ބަޔާންކޮށްފައި ވެއެވެ. އެއީ:
އެކްސްޕެކްޓެންސީ
 މިއީ ޙާޞިލުކުރަން ބޭނުންވާ ކަންކަމާއި އުންމީދުތަކާއި ގުޅިފައިވާ ތިއަރީ އެކެވެ.
މިސާލު: ކުރާ މަސައްކަތް ރަނގަޅު ނަތީޖާއަކާ ހަމައަށް ގެންދިއުން އެ ނަތީޖާގެ ސަބަބުން ރަނގަޅު އެއްޗެއް ޙާޞިލް ވުން، އެ ޙާޞިލްވި އެއްޗަކީ އޭގެ އަގު ވަޒަންކުރެވޭ އެއްޗަކަށް ވުން.
ސެލްފު އެފިޝަންސީ
   މި ގުޅިފައިވަނީ ކުއްޖާގެ އަމިއްލަ ޤާބިލުކަން ދެނެގަނެވި އަންދާޒާ ކުރެވިފައިވާ މިންވަރާއި އެ ބޭނުންވާ ކަމެއް ކުރުމަށް އޭގެ ސަބަބުން އުފެދޭ ޝަވްޤުވެރިކަމާ އެވެ.
މިސާލު: ވަކި ކަމެއް ތިމާއަށް ކުރެވިދާނެކަން އިޙުސާޞް ކުރުވުމުން ޝަވްޤުވެރިކަން އިތުރުވޭ. ހަމަ މި އުޞޫލުން އެ ކަމެއް ނުވާނޭކަން އަންދާޒާ ކުރެވޭ ހިނދު އެކަމަށް އޮންނަ ޝަވްޤުވެރިކަން ދަށް ވެސް ކުރެވޭ.
ގޯލް އެންޑް ގޯލް އޮރިއެންޓޭޝަން
   ލަނޑުދަނޑިއަކީ މީހުން އެކަމެއް ޙާޞިލްކުރުމަށްޓަކައި އުންމީދުތަކެއް ކުރުވައި އެކަމަށް ޝަވްޤުވެރިކަން އިތުރުވާ އެއްޗެކެވެ.
މިސާލު: މި މާއްދާގެ ކޮންމެ މަޢުޟޫއެއް ވަރަށް ރަނގަޅަށް ފަހުމް ވެފައިވުން އަހަރެންގެ ރައްޓެހި ޢަލީގެ މާކުހަށް ވުރެ މަތީ މާކުހެއް ހޯދުން 
އެޓްރިބިޔުޝަން
   މިއީ ކަމެއް ކުރުމަށް މެދުވެރިވާ ސަބަބުތައް އެކަމެއް ޙާޞިލްކުރުމަށް ޝަވްޤުވެރި ކުރުމާއި، ގުޅިފައިވާ މިންވަރެވެ.
މިސާލު: 1. އަމިއްލަ ކަމަކުން އަސަރުކުރުވައި، ދާއިމީ ގޮތުން އެ ގޮތެއްގައި ހުރުމުން ކޮންޓްރޯލް ކުރެވޭ. (މަލްޓިޕްލް ޗޮއިސް ޓެސްޓަށް ކިޔެވުމަށް އަހަރެން ވަރަށް މޮޅު. އެހެންކަމުން ދެން އަންނަ އަންޑަސްޓޭންޑީން ޕެޑަގޮޖީ އެންޑް ލާނިންގ ތިއަރީސްގެ ޓެސްޓުގައި އަހަރެން ވަރަށް ރަނގަޅަށް ހަދާނަން)
މިސާލު: 2. އަމިއްލަ ކަމަކުން އަސަރުކުރުވާ ދާއިމީ ގޮތުން އެ ގޮތެއްގައި ހުރުމުން ކޮންޓްރޯލް ނުކުރެވޭ. (މަޒުމޫނުގެ ވައްތަރުތަކުގެ ސުވާލުތައް އަބަދުވެސް އަހަރެންނަށް ވަރަށް އުނދަގޫ. އެހެންވެ ދިވެހިބަހުގެ ތާރީޚުގެ އިމްތިޙާނު އަހަންނަށް ރަނގަޅަކަށް ނުހެދޭނެ)
ކްލާސްރޫމުގައި ޝަވްޤުވެރިކަން އިތުރު ކުރުމަށް ބޭނުންކުރެވިދާނެ ބައެއް އުޞޫލުތައް
1.    . ޓާސްކް: އުނގެނުމަކީ ކުދިންނަށް މާނައެއް ހުރި އެއްޗަކަށް ހެދުން
2.    ކުދިންގެ ޒިންމާ: ވީހާވެސް ބޮޑަށް މަޞްޢޫލިއްޔަތުތަކުގައި މިނިވަންކަން ދިނުން
3.    ފާހަގަކުރުން: އުނގެނުމުގައި ފާހަގަ ކުރެވުމަށް ހުރިހާ ދަރިވަރުންނަށް ވެސް ފުރުޞަތުތަކެއް މަގުފަހިކޮށްދިނުން
4.    . ކުދިން ގްރޫޕު ކުރުން: ގިނަ ކުދިންގެ މެދުގައި ވާހަކަދެކެވި މަޝްވަރާ ކުރުމަށް ފުރުޞަތު ހުޅުވުން
5.     ވަޒަންކުރުން: ސްޓޭންޑަޑައިސް ގޮތްތައް ބޭނުންކޮށްގެން ކުދިންގެ ގްރޭޑްތައް ހެދުން
6.     ވަޤުތު: ކުދިންގެ ވައިވެރިވުން ލިބޭ ފަދަ ފުރުޞަތުތައް ދެވި ކުދިންގެ އުނގެނުމަށް ހޭދަކުރާ ވަގުތުތައް އެކުދިންގެ ބޭނުންތަކާއި ގުޅޭފަދަ ގޮތަކަށް އިޚްތިޔާރު ކުރުމުގެ ފުރުޞަތު ދިނުން.

މިތިޔަރީ ޚިޔާރުކުރި ސަބަބު:
-         ހުރިހައި ތިއަރީތައް މިތިޔަރީއާއި ގުޅިލާމެހިފައިވެއެވެ.
-         ޝައުޤުވެރި ކަމެއް ހުރެގެން އުގެނޭނަމަ އޭގެން ނަތީޖާ ޙާސިލްކުރަން ފަސޭހަ.
-         ކުރެވިފައިވާ ތަޖުރިބާތަކުން މިތިޔަރީ ވާރކް ކުރާލެއް އަވަސް. މިސާލަކަށް ފާސްވުމަށްޓަކައި ޝައުގުވެރިކަން އުފެއްދުން.
-         ވަރަށް ފަސޭހައިން ކުދިންނަށް އެކުދިންނަށް އެކުދިންގެ މަޤްޞަދު މިތިޔަރީގެ އަލީގައި ބުނެދެވެއެވެ.

ދެތިޔަރީގެ މައްޗަށް ބަލާ ޚުލާސާ ގޮތެއްގައި ނެގި މައިގަނޑު ސަބަުބުތައް.

-         ސުލޫކީ ނަޒަރިއްޔާތު އެއްކިބާކޮށްފައި ޙަޤީޤީ މައުނާގައި ތަޢުލީމާއި ތަރުބަވީ ބިންގަލެއްގެމަތީ ކިޔަވައިކުދިންގެ މުޞްތަޤުބަލު ބިނައެއް ނުކުރެވޭނެ،
-         ކްލާސްރޫމުގެ ހަތަރު ފާރުގެ ތެރެއިންނާއި ސްކޫލުގެ މާހައުލުން ކުއްޖާއަށް ދަސްވާ ދަސްވުންތައް އާންމުގޮތެއްގައި ބިނާވަނީ ސުލޫކުގެ މައްޗަށް،
-         ދަރިވަރުންގެ އަޚުލާޤީ މައްސަލަތައް ކުޑަކޮށް އުނގެނުމުގެ މާޙައުލަކަށް މަދްރަސީ ވެށި ހެދުމަށްޓަކައި ސުލޫކީ ނަޒަރިއްޔާތުގެ ބޭނުން ނުހަނު ބޮޑު ،
-         ދަރިވަރުންގެ ތަޢުލީމާއި ތަރުބަވީ ބިންގާ ހަރުދަނާވެ ކުދިން ޝަޢުޤުވެރިވާ ފަދަ ގޮތްތަކަށް އުނގަންނައިދިނުމަށްޓަކައި، މޯޓިވޭޝަން ތިއަރީގެ ބޭނުން ބޮޑު،
-         އެހެނީ ޝަޢުޤުވެރިކަމާއި ނުލައި ކުރާ އެއްވެސް ކަމެއް ކާމިޔާބު ވުމަކީ ނާދިރު ކަމެއް،
-         ވުމާއެކު، ޤައުމީ މަންޙަޖު ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަށް މަސައްކަތްކުރާ ކޮންމެ މުދައްރިސަކު ވެސް، އިސްވެ ދެންނެވުނު ދެ ނަޒަރިއްޔާތަށް ކަމޭހިތަން ޖެހޭނެ ،


ރިފަރެންސް

ü      (http://en.wikipedia.org 
ü      http://psychology.about.com/od/psychology101/u/psychology-theories.htm
ü      http://en.wikipedia.org/wiki/B.F._Skinner
ü      http://en.wikipedia.org/wiki/Behavioral_change_theories
ü      http://changingminds.org/disciplines/leadership/theories/behavioral_theory.htm
ü      http://siteresources.worldbank.org/EXTGOVACC/Resources/BehaviorChangeweb.pdf
ü     ބަސްފޮތް 2009
ü     ޕީ ޖީ ސީ އީ ނޯޓްސް
އާމިނަތު ޝިފާ
11267