އުގަންނައިދިނުމުގައި..........
އުނގަންނައިދިނުމުގެ މަޤްޞަދާއި
ލަޑުދަޑިތައް
ކޮންމެ
މާއްދާއެއް ކިޔަވައިދިން ކަމުގައިވިޔަސް، ދަރިވަރުންނަށް އެއްޗެއް
އުގަންނައިދޭކަމުގައި ވާނަމަ އެއުގަންނައިދޭއެއްޗެއްގެ މައިގަނޑު މަޤްޞަދެއް
ކަޑައަލާފައި އޮތުން ވަރަށް މުހިއްމެވެ. އެގޮތުން ކިޔަވައިދޭނެ ވަކި އުސޫލެއް ރޭވި
ފިލާވަޅުތައް ތަރުތީބުކުރާނެ ގޮތެއް ރާވާލައިފައި އޮތުން ވަރަށް ބޭނުން ތެރިއެވެ. އަދި
ހަމަ މިއާއެކު ކަނޑައެޅި މަޤްޞަދަކީ ފެންނަށް އޮންނަ މިންކުރެވޭ އެއްޗަކަށް ވާން
ޖެހޭނެއެވެ. އަދި އެފިލާވަޅަކަށް ކަޑައެޅިފައިވާ މިންވަރު ފުރިހަމަވުމުން މަޤްޞަދު
ޙާސިލްވިތޯ ބަލާނެ ގޮތެއްވެސް ކަޑައަޅާފައި އޮންނަން ޖެހޭނެއެވެ.
މުދައްރިސުންގެ މަޢުޟޫމާތު
މުއްސަދިވުން
ކޮންމެކަމެއްވެސް
އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނީ އެކަމެއްގެ މަޢުޟޫމާތު ރަނގަޅަށް ލިބިގެންނެވެ.
އެގޮތުން ކިޔަވައިދޭން ޓީޗަރު ކުލާހަށް ދާއިރު، އެމާއްދާއަކާއި ގުޅޭ އެކަށީގެންވާ
މަޢުޟޫމާތު ޓީޗަރަށް އެގެން ޖެހެއެވެ. އަދި ޓީޗަރު ކިބައިގައިވާ މަޢުޟޫމާތަކީ
ޞައްޙަ މަޢުޟޫމާތު ތޯ އަމިއްލަ އަށް ހޯދާ ބަލަން ޖެހެއެވެ. އެއީ ބަޔަކަށް އެއްޗެއް
އުގަންނައިދޭއިރު އެއެއްޗެއްގެ އެންމެ ސައްޙަ ގޮތް އެގުން ވަރަށް މުހިއްމެވެ. އަދި
ކޮންމެ ބައެއް އޮޅުން ފިލުވައިދޭއިރު އެއްގޮތަށްވުރެ ގިނަގޮތްގޮތަށް އޮޅުން
ފިލުވައިދޭނަމަ ދަރިވަރުންނަށް ފަސޭހަކަމާއެކު އޮޅުން ފިލާނެއެވެ.
މުދައްރިސަކީ ކިޔަވައިދިނުމުގެ
ހުނަރު ލިބިފައިވާ މީހަކަށް ވުން
އަޅުގަނޑުމެންގެ
ކުލާސްރޫމްތަކުން ދިމާވާ އެންމެ ބޮޑު އެއްމައްސަލައަކީ ކިޔަވައިދިނުމުގެ
ހުނަރުލިބިފައިނުވާ ޓީޗަރުންތަކެއް ކިޔަވައިދޭކަމެވެ. ފަހަރުގައި އެފަދަ
ޓީޗަރުންނަކީ ޢިލްމީ ގޮތުން ވަރަށް ޤާބިލް ފުންނާބު އުސް ބޭފުޅުންނަށް ވެދާނެއެވެ.
އެހެންނަމަވެސް އެބޭފުޅުންގެ ގައިގައި ކިޔަވައިދިނުމުގެ ހުނަރު ނެތުމުން
އެބޭފުޅުންނަށް ލިބިފައިވާ މަޢުޟޫމާތު އެންމެ އެކަށީގެންވާ ގޮތައް ބަޔަކަށް
ފޯރުކޮށް ނުދެވެނީ އެވެ. ވީމާ ޓީޗަރުން މިދާއިރާއަށް އަހުލުވެރި ވުމަށްޓަކައި
އެކަށީގެންވާ މަޢުޟޫމާތު ހޯދާ ފިލާވަޅު ތައް ގެންދާނެ ގޮތަތައް ދެނެގަންނަން
ޖެހެއެވެ.
ނުނިމޭ..
No comments:
Post a Comment