Friday, March 29, 2013

އުގަންނައިދިނުމުގައި ...........2



އުގަންނައިދިނުމުގައި ...........2
މުދައްރިސުގެ ޝަޚުޞީ ސިފަތައް
މުދައްރިސްގެ ޝަޚްސިއްޔަތުގައި ހުންނަ ސިފަތަކަކީވެސް ބައެއް ފަހަރު ކިޔަވައިދިނުމަށް ވަރަށް ބޮޑު އަސަރެއް ކުރުވާ އެއްޗެކެވެ. މިސާލަކަށް ދަރިވަރުން ކުރާކަންތައްތަކަށް ހިތްވަރުދޭ، ގޯސް ކޮށް ކަމެއްކޮށްފިނަމަ، ލޮއެއްބާއި، އޯގާތެރިކަމާއެކު ނަޞޭޙަތް ދޭ، އޯގާތެރި، ދަރިވަރުންނާ ގުޅޭ މުދައްރިސެއްނަމަ އެކަމުން ޓީޗަރަށް ވަރަށް ފަސޭހަވެ، އެކަމުން ދަރިވަރުންގެ ކިޔެވުމަށް ބޮޑު ބަދަލުތަކެއް އަންނާނެއެވެ.

ދަރިވަރުގެ އުނގެނުމާއި ކިޔެވުން ބަލާ އެކަމަށް ޚިޔާލު ބެހެއްޓުން
ކާމިޔާބު ޓީޗަރުންނަކީ ހުރިހައި ފެންވަރެއްގެ ކުދިންނާވެސް ގުޅިގެން އެކުދިންގެ އިޚްޞާޞް ތައް ދަސްކޮށްގެން ކުލާސް ކުރިއަށް ގެންދާނެ ޓީޗަރުންނެވެ. ހަމައެއާއެކު ، ތަފާތުކުދިން ފިލާވަޅުތަން ނަގައިގަންނަ މިންވަރާއި، އެކުދިންނަށް ފިލާވަޅުން ދަސްނުވާ އެއްޗެއްވާނަމަ އެއެއްވެސް ދެނެގަނެވޭނެ ޤާބިލް ބަޔަކަށް ޓީޗަރުން ވާންޖެހެއެވެ. އަދި ހަމަމިއާއެކު ދަރިވަރުންނަށް އިތުރަށް އޮޅުންފިލުވައިދޭންޖެހެނީ ކޮންދާއިރާތަކަކުންކަން އެގޭ ޤާބިލްބަޔަކަށް ޓީޗަރުން ވާންޖެހޭނެއެވެ.

ކިޔަވައިދެވުނު އެއްޗެއް ވަޒަންކުރުން.
ކޮންމެ ކަމެއް ނިމުމުގައިވެސް އޭގެން ޚާޞިލްވި ކަމެއް އޮންނާނެއެވެ. އެގޮތުން ފިލާވަޅެއް ނިމޭއިރު ފިލާވަޅުން ޚާޞިލްވި މިންވަރު ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން މުދައްރިސް ކަނޑައެޅި މަޤްޞަދު ޙާޞިލްވިތޯ ތަފާތު ގޮތްގޮަތަށް ބެލިދާނެއެވެ. އެއްގޮތަށްވުރެ ގިނަގޮތުން ވަޒަންކޮށްލުން މުހިއްމުކަމަށް ފެނެއެވެ. އެއީ ތަފާތު ފެންވަރުގެ ކުދިންނަށް ނަގައިގަނެވޭގޮތް ބެލުމަށްޓަކައެވެ.

ދުރުމުސްޤްބަލަށް ބާރުއެޅުން
ކިޔަވައިދެމުންދާއިރު އެކިޔަވައިދޭ އެއްޗަކާއި ޢަމަލީ މައިދާނާ ގުޅުވާލުން ވަރަށް މުހިއްމެވެ. ސަބަބަކީ ދަރިވަރުން އެކަންތައް ފޮލޯކުރާނީ ކިޔަވައިދޭ ވަގުތަކު ނޫނެވެ. އޭގެން ގިނަކަންތައް ފޮލޯކުރާނީ އެކުދިން ޢަމަލީ މައިދާނަށް ނުކުތުމަށް ފަހުއެވެ. އެގޮތަށް ކަންކުރާނަމަ ދަރިވަރުންގެ މުސްތަޤްބަލް ބިނާކުރުމުގައި ވަރަށް ބޮޑުއެހީއެއް ޓީޗަރުންނަށް ވެދެވޭނެއެވެ.

Thursday, March 28, 2013

އުގަންނައިދިނުމުގައި..........



އުގަންނައިދިނުމުގައި..........
އުނގަންނައިދިނުމުގެ މަޤްޞަދާއި ލަޑުދަޑިތައް
ކޮންމެ މާއްދާއެއް ކިޔަވައިދިން ކަމުގައިވިޔަސް، ދަރިވަރުންނަށް އެއްޗެއް އުގަންނައިދޭކަމުގައި ވާނަމަ އެއުގަންނައިދޭއެއްޗެއްގެ މައިގަނޑު މަޤްޞަދެއް ކަޑައަލާފައި އޮތުން ވަރަށް މުހިއްމެވެ. އެގޮތުން ކިޔަވައިދޭނެ ވަކި އުސޫލެއް ރޭވި ފިލާވަޅުތައް ތަރުތީބުކުރާނެ ގޮތެއް ރާވާލައިފައި އޮތުން ވަރަށް ބޭނުން ތެރިއެވެ. އަދި ހަމަ މިއާއެކު ކަނޑައެޅި މަޤްޞަދަކީ ފެންނަށް އޮންނަ މިންކުރެވޭ އެއްޗަކަށް ވާން ޖެހޭނެއެވެ. އަދި އެފިލާވަޅަކަށް ކަޑައެޅިފައިވާ މިންވަރު ފުރިހަމަވުމުން މަޤްޞަދު ޙާސިލްވިތޯ ބަލާނެ ގޮތެއްވެސް ކަޑައަޅާފައި އޮންނަން ޖެހޭނެއެވެ.
މުދައްރިސުންގެ މަޢުޟޫމާތު މުއްސަދިވުން
ކޮންމެކަމެއްވެސް އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނީ އެކަމެއްގެ މަޢުޟޫމާތު ރަނގަޅަށް ލިބިގެންނެވެ. އެގޮތުން ކިޔަވައިދޭން ޓީޗަރު ކުލާހަށް ދާއިރު، އެމާއްދާއަކާއި ގުޅޭ އެކަށީގެންވާ މަޢުޟޫމާތު ޓީޗަރަށް އެގެން ޖެހެއެވެ. އަދި ޓީޗަރު ކިބައިގައިވާ މަޢުޟޫމާތަކީ ޞައްޙަ މަޢުޟޫމާތު ތޯ އަމިއްލަ އަށް ހޯދާ ބަލަން ޖެހެއެވެ. އެއީ ބަޔަކަށް އެއްޗެއް އުގަންނައިދޭއިރު އެއެއްޗެއްގެ އެންމެ ސައްޙަ ގޮތް އެގުން ވަރަށް މުހިއްމެވެ. އަދި ކޮންމެ ބައެއް އޮޅުން ފިލުވައިދޭއިރު އެއްގޮތަށްވުރެ ގިނަގޮތްގޮތަށް އޮޅުން ފިލުވައިދޭނަމަ ދަރިވަރުންނަށް ފަސޭހަކަމާއެކު އޮޅުން ފިލާނެއެވެ.
މުދައްރިސަކީ ކިޔަވައިދިނުމުގެ ހުނަރު ލިބިފައިވާ މީހަކަށް ވުން
އަޅުގަނޑުމެންގެ ކުލާސްރޫމްތަކުން ދިމާވާ އެންމެ ބޮޑު އެއްމައްސަލައަކީ ކިޔަވައިދިނުމުގެ ހުނަރުލިބިފައިނުވާ ޓީޗަރުންތަކެއް ކިޔަވައިދޭކަމެވެ. ފަހަރުގައި އެފަދަ ޓީޗަރުންނަކީ ޢިލްމީ ގޮތުން ވަރަށް ޤާބިލް ފުންނާބު އުސް ބޭފުޅުންނަށް ވެދާނެއެވެ. އެހެންނަމަވެސް އެބޭފުޅުންގެ ގައިގައި ކިޔަވައިދިނުމުގެ ހުނަރު ނެތުމުން އެބޭފުޅުންނަށް ލިބިފައިވާ މަޢުޟޫމާތު އެންމެ އެކަށީގެންވާ ގޮތައް ބަޔަކަށް ފޯރުކޮށް ނުދެވެނީ އެވެ. ވީމާ ޓީޗަރުން މިދާއިރާއަށް އަހުލުވެރި ވުމަށްޓަކައި އެކަށީގެންވާ މަޢުޟޫމާތު ހޯދާ ފިލާވަޅު ތައް ގެންދާނެ ގޮތަތައް ދެނެގަންނަން ޖެހެއެވެ.
ނުނިމޭ..

Saturday, March 23, 2013

ކިޔަވައިދިނުމުގައި ގެންގުޅޭނެ ފިލޯސަފީ



ކިޔަވައިދިނުމުގައި  ފިލޯސަފީ
ފެށުން:
ދަރިވަރުންގެ މެދުގައި ތަފާތު ތަކާއިއެކު ިކިޔަވައި ދިނުމުގެ މާޙައުލުގައި ތަފާތުކުރުންތައް، ނުގެންގުޅެ ކިޔަވައިދިނުމަކީ ކޮންމެ މުދައްރިސެއްގެ ވެސް ޒިންމާއެކެވެ. މިކަން މިގޮތަށް ކުރެވޭނީ މުދައްރިސުންނަކީ ކިޔަވައިދިނުމުގައި އައުގޮތްތައް ތަޖުރިބާކުރާ ، ކަމަށް ޝައުގުވެރި އުގެނުމުގެ ތަފާތު ތިއަރީތަކަށް އަހުލުވެރި ބަޔަކަށް ވެގެންނެއެވެ.
ބިހޭވިއަރ ލާނިން ތިއަރީ
މިތިއަރީ މާނަކުރާގޮތުގައި އުގެނުމަކީ މާހައުލުން އުނގެނޭ ފަރާތަށް ކުރުވާ އަސަރެއްގެ ނަތީޖާގެ ސަބަބުން ބޭރުފުށުން ހާމަވެފާޅުވާ ދާއިމީ ބަދަލެކެވެ. ވީމާ މިތިއަރީގައި ފާހަގަކުރެވޭގޮތުގައި އިންސާނުންގެ ސުލޫކު ނުވަތަ ބިހޭވިއަރ ގުޅިފައިވަނީ މާހައުލުގައި ކުރާތަޖުރިބާތަކާއި ނުވަތަ ޙިއްސާކުރާ ޙިއްސާކުރުންތަކާއެވެ. ހަމަމިފަދައިން ބިހޭވިއަރލިސްޓުން ހާމަކުރާގޮތުގައި އުގެނުމަކީ އެތެރެހަށީގައި ހިގާކަމެއްނަމަވެސް އެކަން ހިނގައިފިކަން އަންގައިދެނީ އެފަރާތުން ފާޅުވައި ބޭރުފުށުގެ ޢަމަލަކުން ނުވަތަ ސުލޫކަކުންނެވެ. ޖޭބީ ވޮޓްސަން ( ބިހޭވިއަރިލިސްޓެއް) ދެކޭގޮތުގައި މީހާގެ ވިސްނުމާއި ނިޔަތާއި މިފަދަ ސިކުނޑީގެތެރޭގައި ހިނގާ ކަމަކީ ފެންނަ އަދި ރަނގަޅަށް ދިރާސާކުރެވޭކަމެއްނޫނެވެ.
ކޮގްނިޓިވް ލާނިން ތިއަރީ
މިތިއަރީގައި އުގެނުން މާނަކުރާގޮތުގައި އުގެނޭފަރާތަށް މާހައުލުން ލިބިދޭ މަޢުލޫމާތެއް ދަސްވެ ދެނެގަތުމުގައި ޙަރަކާތްތެރި ރޯލެއް އަދާކުރެއެވެ. މިގޮތުން އުގެނުން ބިނާވެގެންވަނީ އެގިފައިވާ އެއްޗެއްގެ މައްޗަށް އަލަށް ދެނެގަނެވޭ އެއްޗެއް ގުޅުވާލެވިގެންނެވެ.
ސޯޝަލް ކޮގްނިޓިވް ލާރނިން ތިއަރރީ
މިތިއަރީ ބުނާގޮތުން އުނގެނުމަކީ މާހައުލުން ގެންދެވޭ މަޢުލޫމާތު ބަދަލުކޮށް ސިކުޑީގައި އެކަމާއި ގުޅޭގޮތުން އުފައްދާ އަސަރަކުން ސުލޫކު ވަކިގޮތެއް ބަދަލުވުމެވެ.
ކޮންސްޓްރަކްޓިވް ލާރނިން ތިއަރީ
މިތިއަރީގެ ޢިލްމުވެރިން ދެކޭގޮތުގައި އުނގެނުމަކީ މީހެއްގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ އެއްޗެއް ނޫނެވެ. ނަމަވެސް އޭނާއުޅޭ މާހައުލުންނާއި ވިސްނުމުގެ މަރުޙަލާތަކާއި ގުޅޭގޮތުން ކުރިއަރާ ބިނާވަމުންދާ އެއްޗެކެވެ.
ކިޔަވައިދިނުމުގައި ގެންގުޅޭނެ ފިލޯސަފީ
 އުގަންނައިދިނުން
އުގަންނައިދިނުން ނުވަތަ ތަޢުލީމަކީ ކުދިންގެ ކިބާގައިވާ ޤާބިލްކަމާއި ހުނަރުތައް ކުރިއެރުވުމާއި އެކު ކުއްޖާ އުޅޭމުޖުތަމަޢުގައި މާހައުލަށްފެތޭ އެތަނެއްގައިވާ އާދަކާދަ އާއި ޘަޤާފަތް ދެނެގަތުމަށް އެހީތެރިވެދިނުމެވެ.
މިސާލަކަށް ސުކޫލް މާޙައުލުން އުގެނޭ ދަރިވަރެއްކަމުގައިވާނަމަ ސުކޫލް ގޯތި ތެރެ ނުވަތަ ކުލާސް ރޫމްތެރެއަކީ އެކުއްޖާއަށް ކިޔެވުމަށް ފަސޭހަ މާހައުލަކަށް ހަދައިދިނުން. އެގޮތުން ތިރީސްކުދިން ތިބޭކުލާހެއްގައި ދަރިވަރަކަށް އުދަގޫކުރާކުއްޖެއް އިންނަނަމަ އެކުއްޖައާ ވާހަކަ ދައްކައިގެން ވީހާވެސް އަވަހަކަށް މައްސަލަ ހައްލުކޮށް ކުލާސްރޫމަކީ ހުރިހައި ދަރިވަރުންނަށް ރައްކާތެރި މާޙައުލަކަށް ހެދުން.
ކިޔަވައިދިނުމުގައި އަޅުގަނޑުގެ ލަޑުދަޑިއަކީ އުގެނުމައި އުގަންނައިދިނުން މި ދެބައި ފުރިހަމަވާނޭ ގޮތެއްގެ މައްޗަށް ދަރިވަރުން ހާނުވައި އިސްލާމްދީނާ  ޘަޤާފަތަށް ލޯބިކުރާ ހަރުދަނާ ދަރިވަރުންތަކެއް ބިނާކުރުން. މިސާލަކަށް ދީނީ އަޤީދާ ހަރުދަނާވެ ވަރުގަދަވާނޭ ގޮތެއްގެ މައްޗަށް ފިލާވަޅުތައް ރާވާލުން، ﷲ ގެ ކުޅަދުންވަންތަކަން ވިސްނައިދީ ދަރިވަރުންގެ ހިތްތަކުގައި ދީނީ ރޫޙު އަށަގެންނެވުން.

ތަޢުލީމަކީ
އުގެނުމަކީ ސުލޫކަށް އަންނަބަދަލު ނުވަތަ ކަމެއްގެ ޤާބިލްކަމަށް އަންނަ ބަދަލެވެ. ނަތީޖާއެއްގެ ގޮތުން އުގެނޭ އެއްޗަކާ އެއްގޮތަށް ޢަމަލުކުރުމާއި ތަފާތުގޮތްތަކަށް ތަޖުރިބާކުރުން ހިމެނެއެވެ. މިސާލަކަށް ދަރިވަރަކީ ކުރުހެދުން ލާއުޅޭކުއްޖެއް ކަމަށްވެފައި ފިލާވަޅުގެ ތެރެއިން އަންހެންކުއްޖާގެ އައުރައާ ގުޅޭ ޙަދީޘް އާ އާޔަތް އެގި އެކަމުގެ ސަބަބުން އޭނާގެ ހެދުންއެޅުމުގެ ވައްޓަފާޅި ބަދަލުވެދެއެވެ. މިއީ ދަރިވަރަށް ލިބުނު މަޢުލޫމާތުގެ ސަބަބުން ސުލޫކަށް އައި ބަދަލެވެ.
ފިރެހެންކުދިންނާ އަންހެން ކުދިންނާ އަތާއަތްޖޯޑުކޮށް ސަލާމް ކުރާކުދިން އުޅޭ ކުލާހަކަށް މިކަމާ ގުޅޭ ޙަދީޘް ކިޔައިދީ މައިލޫމާތު ދިނުމުން ދަރިވަރުން މިކަންހުއްޓުން. މިއީ ދަރިވަރުންނަށް ލިބުނު މަޢޫޟޫމާތަކުން ސުލޫކަށް އައި ބަދަލެެއް.
ކިޔަވައިދިނުމުގެ ހާސިލްކުރަން ބޭނުންވާ ލަޑުދަޑި
މުދައްރިސުންނަށް އިހުތިރާމްކުރާ، ކަންކަން ކުރުމަށް އިސްނަގަން ކެރޭ ދަަރިވަރުންތަކެއް އުފެއްދުމާ، އިސްލާމްދީނާ ޢަޤީދާ އާއި ޘަޤާފަތަށް ލޯބިކުރާ ދަރިވަރުންތަކެއް އުފެއްދުން.
އެގޮތުން ދަރިވަރުނާ މުދައްރިސުންނާ އޮންނަ ގުޅުން ރަނގަޅުކޮށް ދަރިވަރުންގެ ޚިޔާލާ ފިކުރަށް އަޅުގަނޑުމެން ތާއިދުކުރަން ކޮންމެހެން ބޭނުމެވެ. އިސްލާމްދީންދެކެ ލޯބިވާ ދަރިވަރުން އުފައްދަން އެދޭނަމަ އެންމެ ފުރަތަމަ މުދައްރިސުންނަކީ ނަމޫނާ ދީނީ ބައެއްކަމަށް ވުން ކޮންމެހެން ބޭނުމެވެ. އެހެނީ ސޯޝިއަލް ކޮގްނެޓިވް ލާނިންތިއަރީ ގައި ބުނާގޮތުން މާހައުލުން ފެންނަކަންތައް ދަރިވަރުން އުގެނޭނެއެވެ. ދަރިވަރުންލައްވާ ކަންތައްތައް އަމިއްލައަށް އިސްނަގައިގެން ކުރުވަން، އެކުދިންގެ ތެރެއިން އެކަންކުރާކުދިން ފާހަގަކޮށް ރެއިންފޯސްމެންޓް ދޭނީއެވެ. އޭރުން ހުރިހައި ކުދިންވެސް ޚާއްޞަ ސަމާލުކަމެއް ދީގެން ބައިވެރިވުން ލިބޭނެއެވެ.
ކޮންމެ ދަރިވަރަކީ ވެސް ތަފާތު ކުއްޖެއްކަން ވިސްނައިގެން ފިލާވަޅުތައް ރާވާލުން. އެގޮތުން ދަރިވަރުންގެ ވިސްނުމުގެ ފެންވަރު ތަފާތުވާނޭކަން ދަނެ، އެއިން ކޮންމެ ކުއްޖަކަށްވެސް ފަސޭހައިން ފަހުމްވާނޭ ފަދައިން ފިލާވަޅުތަކާއި ސުވާލުތައް ބިނާކުރުން މިއީ ކިޔަވައި ދިނުމުގައި އެންމެ މުހިއްމު އެއްކަންތަކެވެ. އެހެނީ ދަރިވަރަށް އެގުމަނޭގުން ޓީޗަރަށް ގިނަފަހަރަށް ފަހުމްވާނީ ކުލާހުގެ ކުރެވޭ ތަފާތު ފެންވަރުގެ ސުވާލުތަކުގެ މައްޗަށް ބިނާކޮށެވެ.
ކޮންމެ ދަރިވަރަކީވެސް ޤައުމަށް ބޭނުންތެރި ދަރިވަރަކަށް ހެދުން. އަޅުގަނޑުމެންގެ އަމާޒަކަށް ވާންވާނީ ހަމައެކަނި ކުލާހުގައިތިބި މޮޅު ކުދިންކޮޅަށް ކިޔަވައިދީފަ އައުމެއް ނޫނެވެ. ހުރިހައި ދަރިވަރުން ވެސް ތަފާތުކުރުމެއްނެތި، އުގަންނައިދިނުމުގެ ވައްޓަފާޅި ގެންގުޅެވިއްޖެނަމަ ހުރިހައި ދަރިވަރުންނަކީ ވެސް ޤައުމަށް ފައިދާކުރުވަނިވި ދަރިންތަކެއް ކަމުގައި ހެދުމަކީ އުދަގޫ ކަމެއް ނޫނެވެ.
ނިންމުން:
މިއީ އަޅުގަނޑު ކިޔަވައިދިނުމުގެ އުސޫލުތަށް ގެންގުޅޭނެ ގޮތުގެ ކުޑަކުޑަ ފަލްސަފާއެކެވެ.
އާމިނަތު ޝިފާ
11267

ބިހޭވިއަރ ލާރނިން ތިއަރީ (ސުލޫކީ އުގެނުމުގެ ނަޒަރިއްޔާ )



ބިހޭވިއަރ ލާރނިން ތިއަރީ (ސުލޫކީ އުގެނުމުގެ ނަޒަރިއްޔާ )
ތަޢާރުފް
މިތިއަރީ މާނަކުރާގޮތުގައި އުގެނުމަކީ މާހައުލުން އުނގެނޭ ފަރާތަށް ކުރުވާ އަސަރެއްގެ ނަތީޖާގެ ސަބަބުން ބޭރުފުށުން ހާމަވެފާޅުވާ ދާއިމީ ބަދަލެކެވެ. ވީމާ މިތިއަރީގައި ފާހަގަކުރެވޭގޮތުގައި އިންސާނުންގެ ސުލޫކު ނުވަތަ ބިހޭވިއަރ ގުޅިފައިވަނީ މާހައުލުގައި ކުރާތަޖުރިބާތަކާއި ނުވަތަ ޙިއްސާކުރާ ޙިއްސާކުރުންތަކާއެވެ. ހަމަމިފަދައިން ބިހޭވިއަރލިސްޓުން ހާމަކުރާގޮތުގައި އުގެނުމަކީ އެތެރެހަށީގައި ހިގާކަމެއްނަމަވެސް އެކަން ހިނގައިފިކަން އަންގައިދެނީ އެފަރާތުން ފާޅުވައި ބޭރުފުށުގެ ޢަމަލަކުން ނުވަތަ ސުލޫކަކުންނެވެ. ޖޭބީ ވޮޓްސަން ( ބިހޭވިއަރިލިސްޓެއް) ދެކޭގޮތުގައި މީހާގެ ވިސްނުމާއި ނިޔަތާއި މިފަދަ ސިކުނޑީގެތެރޭގައި ހިނގާ ކަމަކީ ފެންނަ އަދި ރަނގަޅަށް ދިރާސާކުރެވޭކަމެއްނޫނެވެ.  އެހެންވީމާ އުނގެނުމުގެ ޝަރަޙައިގައި ކޮގްނެޓިވް ސައިކޮލޮޖިސްޓުންގެ ބުނުން ނުހިމެނެއެވެ.

ބިހޭވިއަރ ލާނިންތިއަރީގެ މައިގަނޑު ކޮންސެޕްޓް
މިތިއަރީގެ މައިގަނޑު ކޮންސެޕްޓް ގުޅިފައިވަނީ ތަފާތު ތިންލަފްޒަކާއެވެ. އެއީ:
1.    ސްޓިމިލައި
2.    ބިހޭވިއަރ
3.    ރެސްޕޯންސް އެވެ.
މިތިންލަފްޒުގެ ތަފްޞީލަށް ދާނަމަ ބުނެވޭނީ މި ތިއަރީގެ މައިގަނޑު ކޮންސެޕްޓް އަކީ އުގެނޭފަރާތުގެ (ބިހޭވިއަރއަށް) އޭނާއުޅޭމާހައުލުން ކުރުވާ އަސަރެއްނުވަތަ ބާރުފޯރުވާކަމެއް (ސްޓިމިލައި) އަދި އެކަމުގެ ސަބަބުން ސުލޫކަށް ނުވަތަ ވިސްނުމަށް އަދި ބިހޭވިއަރ އަށް ކުރުވާ އަސަރާއެކު ފާޅުވާ ހާމަވާ ކަމެކެވެ. (ރެސްޕޯންސް). މިސާލަކަށް ދުރުގައިވާ ބައިވަރު މީހުންތަކެއް ތިބިތަނަކަށް އަޑުއިވޭވަރަށް ނަމަކުން ގޮވާލާާއިރު ، އެތަނުގައި އެމީހަކުވާނަމަ  އޭނާ ވަގުތުން އެބުރިލާ އެއަށް އިޖާބަދިނުން އެއީ އޭނާ އަށް މާހައުލުން ދަސްވިކަމެއް ނުވަތަ ސުލޫކެއް ކަމަށް ބުނެވިދާނެއެވެ. މިހެންކަމުން މިތިއަރީގައި އުގެނުން ކަމަށްބެލެވެނީ އެއްފަހަރާ ސްޓިމިއުލައި އަކާއެކު ބޭރުފުށުން ހާމަވާ ރެސްޕޯންސް ނުވަތަ ކަމެއް އުގެނެފަރާތުން ހާމަވުމުން ނެވެ. މިސާލަކަށް ކުލާހަށް ޓީޗަރ ވަދެ ސަލާމް ގޮވާލުމުން އެއްވެސް ދަރިވަރަކު ސަލަމް ބަލައި ނުގެންފިނަމަ ފިލާވަޅު ކުރިއަށް ނުގެންގޮސް މަޑުކޮށްލުން، ހަމަ މިއާއެކު  ދަރިވަރުން ކޮޅަށްތެދުވުމާއެކު ސަލާމް ބަލައިގަތުން. އަދި މިކަން އާދަވުން.
 ކުލެސިކަލް ކޮންޑިޝަން ( ބޭއީޚްތިޔާރުގައިވާކަންތައް)
މިތިއަރީގެ ފެށުން ބިނާވެފައިވަނީ މިއާއެވެ. މިމޮޑެލް ތަޢާރަފްވެފައިވަނީ އިވާން ޕެވްލޯވު (1936- 1849) ގެ ތަޖުރިބާތަކުންނެވެ. މީގެން ބުނެދޭގޮތުގައި އެލިސިޓިން ސްޓިމިއުލަރ އެއްގެ ސަބަބުން އުގެނުން ހިނގާނެއެވެ. ޚާއްޞަގޮތެއްގައި މިމޮޑެލުން އަންގައިދެނީ ދެސްޓިމިއުލީއެއް އެކަތި އަނެއްކަޗާއި ގުޅިގެންފާޅުވާ ނަތީޖާ ނުވަތަ ރެސްޕޯންސް ހިނގާގޮތެވެ. އޭނާގެ ތަޖުރިބާ ތަކުގެ ތެރެއިން އެންމެ ގުޅުވާލެވިފައިވަނީ ކުއްތާ ބޭނުން ކޮށްގެން ހެދި ތަޖުރިބާއެވެ. މިތަޖުރިބާގައި " ކުއްތާގެ ކުޅުދިޔާވުން" މިރެސްޕޯންސް އެހެންތަފާތު ސްޓިމިއުލީތަކާއި ގުޅިގެން އަންނަ ބަދަލުތަކާއި އެކަމަށް ކުރުވާ ދާއިމީ އަދި ވަޤުތީ އަސަރުތައް ދިރާސާ ކޮށްފައިވެއެވެ.
ފުރަތަމަ މަރުޙަލާ
ދެވަނަ މަރުޙަލާ
ތިންވަނަ މަރުޙަލާ
(ސްޓިމިއުލި)
ރެސްޕޯންސް ރަނގަބީލުގެ ސަމާލުކަން
ސްޓިމިއުލީ    ސްޓިމިއުލީ
 ރަނގަބީލު   ކާނާ
ކޮންޑިޝަން ސްޓިމިއުލީ  އަންކޮންޑިޝަން ސްޓިމިއުލީ 
ރަނގަބީލު                 ކާނާ
ކޮންޑިޝަން ރެސްޕޯންސް  އަންކޮންޑިޝަން ރެސްޕޯންސް

= ކުޅުދިޔާވުން

އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި ކުލާސް ރޫމްތަކުގައި މިމޮޑެލުގައި އެންމެ ފާހަގަ؛ކުރެވޭ  މިސާލަކީ އިންޓަވަލް ގަޑިޖެހުމުން ކުދިންގެ ކުޅުދިޔާވެ ބަޑުހައި ހޫނުކަން އިޙްސާސް ކުރެވުން.
މިމޮޑެލް ނުވަތަ ތިއަރީ އަކީ ކުލާސް ރޫމްތެރޭގައި ގެންގޮސް ދަރިވަރުންގެ ސުލޫކު ބަދަލު ކުރުވުމަށް ވަރަށް ފަސޭހަ ތިއަރީއެކެވެ. މިސާލަކަށް މުދައްރިސް ކުލާސް ގަޑީގައި އެއްޗެއް އޮޅުން ފިލުވައިދެމުން ދާއިރު މާއަޑުގަދަވާކަމަށް ވަންޏާ ވަގުުތުން ފިލާވަޅު ހުއްޓާ އެންމެ އަޑުގަދަވާ ދިމާލަށް ބަލަން މަޑުކުރާނީއެވެ. މިކަމުގެ ސަބަބުން ކުދިންގެ ސަމާލުކަން ލިބި އަޑުމަޑުވެދާނެއެވެ. އަދި އަބަދުވެސް އަޑުގަދަވާއިރަށް ފިލާވަޅު ހުއްޓާލައިފިނަމަ ސަމަލުކަން ލިބިގެންދާނެއެވެ.
ދަރިވަރުން ކުރާ ރަނގަޅުކަންތަކަށް ތަރުހީބު ދޭނަމަ ދަރިވަރުން އެކަންތައް ތަކުރާރުކުރާނެއެވެ. މިސާލަކަށް ދަރިވަރަކު ލައްވާ ޕްރެޒެންޓޭޝަނެއް ހުށައަޅާއިރު ތަންކޮޅެއް އަޑުމަޑުވިކަމުގައިވިޔަސް އެކުއްޖާއަށް ހިތްވަރުދީ ދެވަނަ ފަހަރަށް އެއަށްވުރެ އަޑުބާރުކުރުމަށް މަޑުމައިތިރިކަމާއެކު ނަޞޭޙަތް ދޭނީ އެވެ. އޭރުން ދެވަނަ ފަހަރު ކުއްޖާއަށް އަމިއްލަ ނަފްސަށް އިތުބާރާއެކު ޕްރެސެންޓް ކޮށްދޭނެއެވެ.
އެގްޒިޓް ކާޑު ނުލައި ކުލާހުން ބޭރަށް ދިޔަ ކުއްޖަކު ކޮޅަށް ނަގައިފިނަމަ ދެން އެކުއްޖާއާ އަދި އެހެންކުދިން ވެސް އެކަމުން ސަލާމަތްވުމަށް ކުރިމަގުގައި ކާޑުނުލައި ބޭރަށް ދިއުން މަދުކޮށްފިނަމަ އެކަމުގެ ރެސްޕޮންސް އަންނާނެ.
މިތިއަރީގެ ދަށުން އުގަންނައިދޭއިރު ޓީޗަރުން ވިސްނަންޖެހޭ ކަންތައް
-         އުނގަންނައިދޭއިރު އެންމެފުރިހަމައަށް ދަރިވަރު ލައްވާ ކަމެއްކުރުވުމުގެ ބަދަލުގައި އޭނައަށް ކުރޭވޭ އެންމެ ރަނގަޅަކަށް ކުރުމަށް ބާރު އަޅާ ހިތްވަރު ދިނުން.
-         ގޯސްކޮށް ކަމެއް ކުރެވިއްޖެނަމަ ރަނގަޅު ކުރުމަށް ހިތްވަރު ދިނުން.
-         ދަރިވަރުންގެ ފަރާތުން މުދައްރިސް އުއްމީދުކުރާކަންތައް އެކުދިންނަށް ވާވަރުގެ ކަންތައް ތޯ ބެލުން.
-         ކުލާހަށް އާދަރިވަރެއްނަމަ އިތުރަށް އެހީތެރިވެދީ ފަރިތަވުމަށް ވަގުތު ދިނުން.