ކޮގްނޮޓިވް ލާރނިން ތިއަރީ (ޚިޔާލާއި ފިކުރާއި ވިސްނުން ތަރައްޤީކުރުވާ ތިއަރީ)
މިތިއަރީގައި އުގެނުން މާނަކުރާގޮތުގައި
އުގެނޭފަރާތަށް މާހައުލުން ލިބިދޭ މަޢުލޫމާތެއް ދަސްވެ ދެނެގަތުމުގައި
ޙަރަކާތްތެރި ރޯލެއް އަދާކުރެއެވެ. http://explorable.com/cognitive-learning-theory މިގޮތުން
އުގެނުން ބިނާވެގެންވަނީ އެގިފައިވާ އެއްޗެއްގެ މައްޗަށް އަލަށް ދެނެގަނެވޭ
އެއްޗެއް ގުޅުވާލެވިގެންނެވެ. މިގުޅުވާލެވޭ ގުޅުވާލުން އޭނާގެ ވިސްނުމާއި
ސުލޫކަށްވެސް ބަދަލުގެނެވެއެވެ. މިތިއަރީގެ މައިގަނޑު ގޮތެއްގައި ފާހަގަކުރެވެނީ
މާހައުލުން ފެންނަކަންތަކުން ކަންތައްގެންގޮސް ސިކުޑީގައި ޖަމާކުރާ ޖަމާކުރުމެވެ.
"އުގެނުން" މިބަސް ބުނެވޭ، ނުވަތަ
އަޑުއިވޭ ކޮންމެ ފަހަރަކު އަޅުގަނޑުމެނަށް މިބަސް ސިފަކުރެވެނީ، ސިކުޑި ބޭނުން
ކޮށްގެން ކަންތައްތަކެއް ވިސްނުމެވެ. އެހެންނަމަވެސް އުގެނުމުގެ އެންމެ އާއްމު
އެއްގޮތަކީ ކުރިން އެނގިފައިވާ އެއްޗަކާ މާހައުލުން ފެންނަ ކަމަކާ ގުޅުވާލުމެވެ. މިސާލަކަށް
އޮފީހަކަށް ޝަކުވާ ހުށައަޅާއިރު ކުރިން އެއީ އޮފީހުގެ ކޮންބައެއް
ކަންއެގިފައިވާނަމަ ސީދާ އެއޮފީހަކަށް ގޮސް ދެން ކަންތައް ކުރަން ވީގޮތް
އެނގޭނެއެވެ. މިތާގައި އޮފީހުގެ ތަފާތު ބައިތައް އެއީ ކުރިން އެނގިފައިވާ
މަޢުޟޫމާތެވެ. އަދި އެތަނަށް ގޮސް ދެން ކަންތައް ކުރަންވާ ގޮތް އެއީ އަލަން އުގެނޭ
މަޢުޟޫމާތެވެ. މިދެބައި ގުޅުވާލައިފިނަމަ ދެން ކުރިޔަންދާނެ މަގު އެނގިގެން ދާލެއް
ފަސޭހަ ވާނެއެވެ.
މިސާލަކަށް ވުޟޫގެ ސުންނަތައް ކިޔަވައިދޭއިރު،
ދަރިވަރުންނަށް ކުރިން ވުޟޫކުރާގޮތް އެގިފައިވޭތޯ ސުވާލުކުރެވިދާނެއެވެ. އަދި
ދަރިވަރުންނަށް އެގޭ މިންވަރު ފިލާވަޅުގެ މަޢުޟޫއަށް ގުޅުވަައިލާ، އަލަށް
ދަސްކޮށްދޭން ބޭނުންވާ ބައިަތައް ފާހަގަކޮށްލެވިދާނެއެވެ. އޭރުން ދަރިވަރުންނަށް
ފިލާވަޅު ދޭހަވުމަށް ފަސޭހަވާނެއެވެ.
މީގެ އިތުރުންވެސް މާޙައުލުން ދަރިވަރުންނަށް
ދަސްވެފަ ހުންނަ ތަފާތުކަންތައް ، ކިޔަވައިދިނުމުގެ ފިލާވަޅުތަކާއި ގުޅުވާލުމުން
ދަރިވަރުންނަށް އުގެނުމަށް ފަސޭހަ ވެގެންދާނެއެވެ. އަދި ދަރިވަރުންގެ އުޅުމަށް
ބަދަލުއަންނަލެއް އަވަސް ވެގެންދާނެއެވެ.
މިތިއަރީގައި މާހައުލުން މަޢުޟޫމާތު ރައްކާކުރާގޮތް
ތިން ގޮތަކަށް ސިފަކުރެވެއެވެ. އެއީ:.
1. މަޢުޟޫމާތު އަލަށް ރަޖިސްޓްރީ ކުރެވޭ
ތަން (ސެންސަރީ ރެޖިސްޓަރ)
2. މަޢުޟޫމާތު ބޭނުންކުރެވޭ ތަން. (ވާރކިން
މެމޮރީ)
3. މަޢުޟޫމާތު ދިގުމުއްދަތަކަށް
ރައްކާކުރެވޭތަން.(ލޯންގް ޓާރމް މެމޮރީ)
މިމޮޑެލްގައި ހާމަކުރާގޮތުގައި އެއްޖާގައިން
އަނެއްޖާގައަށް މަޢުޟޫމާތު ބަދަލުކުރެވެނީ ވަކި ޚާއްޞަގޮތްތަކެއް
މެދުވެރިވެގެންނެވެ. މިގޮތުން އަންނަނިވި ގޮތްތައް ފާހަގަކުރެވެއެވެ.
-
ސަމާލުކަން ދީގެން (އެޓެންޝަން)
-
އަމިއްލަ ވިސްނުމުން އެގިފައިވާ ކަމަކާއި ގުޅުވައިގެން (ޕާރސެޕްޝަން)
-
ކިޔައި ތަކުރާރުކޮށް މުރާޖަޢާކޮށްގެން (ރިހާސަލް)
-
ތަފާތުނަން ދީގެން ކަންކަމާއި ގުޅުވައިގެން (އެންކޯޑިން)
މިމޮޑެލްގައި ކިޔަވައިދޭއިރު
ސަމާލުކަން ދޭންވީ ކަންތައްތައް.
-
ކިޔަވައިދޭއިރު އަބަދުވެސް ދަރިވަރުންގެ ސަމާލުކަންހޯދާ ސަމަލުކަން ދެމެހެއްޓުން
-
ކިޔަވއިދޭއިރު އަބަދުވެސް ދަރިވަރުންނަށް ކުރިންއެގިފައިވާ މަޢުޟޫމާތާއި
ފަހުން އެނގޭ މަޢުޟޫމާތު ގުޅުވާލުން
-
ކިޔަވައިދޭއިރު ދަރިވަރުން އުގެނެމުން ދާއެއްޗެއް ދޭހަކުރުމަށް ފުރުސަތު
ދިނުން.
-
މަޢުޟޫމާތުތައް ފަރިތަކޮށް ތާޒާކުރުމަށް ފުރުސަތު ދީ މަގުފަހިކޮށްދިނުން.
-
މުހިއްމު ޕޮއިންޓްތައް ފާހަގަކޮށްދީ ހަދަމުން ކިޔަވައިދިނުން.
-
މަޢުޟޫމާތު ފޯރުކޮށްދޭއިރު ރޭވިގެން ތަރުތީބުން ގެންދެވޭ ބައިތަކެއްގެ
ގޮތުގައި މަސްހުނި ނުކޮށް ކިޔަވައިދިނުން.
-
ކިވައިދޭއިރު ދަރިވަރުންނަށް ދޭހަވާ މިންވަރު ހުށައަޅަން ފުރުޞަތުތަކެއް
ދިނުން.
No comments:
Post a Comment