ތަޢުލީމާއި ތަރުބިއްޔަތު
މިއަދު މުޖުތަމަޢުގެ ތެރެއިން ފެނިގެންދަނީ
މައިންބަފައިން ދަރިންނަށްޓަކައި ބޮޑެތި ޤުރްބާނީ ތަކެއް ވަމުންދާ ދުވަސްވަރެކެވެ.
ކޮންމެ މަންމަޔަކާއި ބައްޕަ އެއްގެ އުއްމީދަކީ އެމީހުންގެ ދަރިފުޅަކީ އެންމެ
މޮޅުކުއްޖާއަށް ވުމެވެ. ނުވަތަ އެންމެ މަތީ ފާސް ނަގައިގެން ހުންނަ
ކުއްޖާއަށްވުމެވެ. މިއީ މިއަދު ކޮންމެ މީހެއްގެ ވެސް އެދުމެވެ. މިކަން ޙާސިލްކުރުމަށްޓަކައި
ކުއްޖާގެ އުމުރުން ދެއަހަރުންފެށިގެން މައިންބަފައިން ދަނީ ނުހަނު ބުރަމަސައްކަތް
ކުރަމުންނެވެ. . ކުއްޖާ މޮޅު
ކުއްޖަކަށް ހެދުމަށް ޓަކައި އެބައެއްގެ ޤާބިލްކަންހުރި މިންވަރަކުން ތަޢުލީމީ
ކަންކަން ފަށައިގަނެއެވެ. ސްކޫލަށް ފޮނުވުމުގެ އިތުރުން ޓިއުޝަންތަކަށް
ފޮނުވައިގެން ކުއްޖާއަށް ތަޢުލީމީ ރޮނގުން ގިނަ ކާމިޔާބީތައް ހޯދައި ދިނުމަށް
މަސަައްކަތް ކުރެއެވެ. މައިންބަފައިންގެ މިމަސައްކަތުގެ ނަތީޖާއެއްގެ ގޮތުން
ކުއްޖާ ސްކޫލު ނިންމާލަނީ މައިންބަފައިން ބޭނުންވިފަދަ މޮޅު ނަތީޖާއާއެކުގައެވެ.
ތަޢުލީމީ ރަންވަނަތަކާއެކުގައެވެ.
އެހެންނަމަވެސް ހިތާމައަކީ ތަޢުލީމުގެ
ފަހަތުން އަޅުގަނޑުމެން މިއަދު ދުވާއިރު އަޅުގަނޑުމެންގެ ތަރުބިއްޔަތުގެ ފޭރާން
މިވަނީ ވަރަށްބޮޑަށް ނިކަމެތިވެފައިކަމެވެ. ދަރިންނަށް ރަނގަޅު ތަޢުލީމަކާއެކު
ރަނގަޅު އިސްލާމީ ތަރުބިއްޔަތެއްގެ މުޙިއްމުކަން މިއަދު އަޅުގަނޑުމެންގެ
ވިސްނުމުން މިވަނީ ކައްސާލާފައެވެ. ތަރުބިއްޔަތާއި މެދު ވިސްނާ މައިންބަފައިން
މިއަދު ވަރަށްވެސް މަދުވެއްޖެކަން ކަން އަޅުގަނޑުމެންގެ މުޖުތަމަޢުގެ ކޮންމެ
ދިމާލަކަށް ބަލާލިކަމުގައި ވިޔަސް ހާމަވެއެވެ.
އަޅުގަނޑުގެ މިއެސައިންމެންޓް
ޚާއްސަކޮށްފައި މިވަނީ "ދަރިން ތަރުބިއްޔަތުކުރުން" މި މައިގަނޑު ނަމުގެ
މައްޗަށެވެ. މިއެސައިންމެންޓްގައި އަޅުގަނޑު ހިމަނާލާނީ ތަރުބިއްޔަތާއި ތަޢުލީމުގެ
ތަފާތާއި، ތަރުބިއްޔަތުކުރުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކާއި، އަދި
އިސްލާމްދީނުގައި ދަރިން ތަރުބިއްޔަތު ކުރުމަށް އަހަމިއްޔަތު ކަން ދީފައިވާ
މިންވަރުގެ މައްޗަށެވެ.
No comments:
Post a Comment