Saturday, May 11, 2013

ސޯޝިއަލް ކޮގްނިޓިވް ލާނާރސް ތިއަރީ



ސޯޝިއަލް ކޮގްނިޓިވް ލާނާރސް ތިއަރީ
ސޯޝިއަލް ލާނިންގ ތިއަރީ އުފެދިފައިވަނީ ނަފްސާނީ ޢިލްމުވެރިއެއްކަމަށްވާ އަލްބަޓް ބަންދޫރާގެ މަސައްކަތުގެ މައްޗަށެވެ.
 އަލްބަޓް ބަންދޫރާގެ ނަޒަރުގައި އުނގެނުން
 މާހައުލުން ގެންދެވޭ މަޢުލޫމާތު ބަދަލުކޮށް ސިކުނޑީގައި އެކަމާއި ގުޅޭގޮތުން އުފައްދާ އަސަރަކުން ސުލޫކު ވަކިގޮތަކަށް ބަދަލުވުން. ( ބަންދޫރާ 1986)
މިތިއަރީގައި ބަނދޫރާ ފާހަގަކުރާ މައިގަޑު ކޮންސެޕްޓަކީ ''ރެސިޕްރޯކަލް ރިލޭޝަންޝިޕް'' ނުވަތަ ''ގުޅިލާމެހިފައިވާ ގުޅުން'' އެވެ.  މި ކޮންސެޕްޓް  ބަންދޫރާ ތަފްޞީލް ކުރަމުން ފާހަގަކުރާ ގޮތުގައި މިގުޅުމުގައި މައިގަޑު ތިންބައެއް ހިމެނެއެވެ. އެބައިތަކަކީ: ކަމެއް ނުވަތަ ސުލޫކު، މާހައުލު ، އަދި މީހާގެ ވިސްނުމެވެ. މިތިން ކަންތަކަކީވެސް އެކަތި އަނެއްކައްޗާ ގުޅިފައިވާ އެއްޗިއްސެވެ.
ބަންދޫރާގެ އެންމެ މުހިންމު ކޮންސެޕްޓަކީ ''މޮޑެލިންގ'' ނުވަތަ ނަމޫނާ ބެލުމެވެ. އެއީ ކޮންމެވެސް އެހެންމީހެއް ނުވަތަ ކަމެއް އެއީ ކަމެއްގެ ނަމޫނާއަކަށް ބެލުމެވެ. ވީމާ މި މޮޑެލްގައި ކުދިން ވަށައިގެންއުޅޭ އެކިމީހުން ކުރާ ކަންތައް ބަލާކޮޕީކޮށްގެން އެކަން އެގޮތަށް މޮޑެލްކުރަން މަސައްކަތް ކުރާނެއެވެ. ނުވަތަ އެކުދިން އެގޮަތަށް އެކަން ފެނުނުގޮތަށް ނަކަލު ކުރެއެވެ.  އަދި މީގައި ދަރިވަރުން ހަމައެކަނި ބަލައިގެން ނަކަލު ކުރަނީއެއް ނޫނެނެވެ.  އެކަމެއް ކޮށްފިނަމަ ވާނެގޮތްވެސް ދެނެގަނެވޭނެއެވެ. މިސާލަކަށް ދަރިވަރުން ގެ ޕީއީ ގަނޑީގައި މުދައްރިސް ކަރުދާހުން މަލެއް ހަދައިފިނަމަ، އަދި އެމަލާދޭތެރޭ ދަރިވަރުން ޝައުގުއުފެދިއްޖެނަމަ ޓީޗަރު އެމަސައްކަތް ކުރިގޮަތަށް ކޮށް މަލެއް ހަދާނެއެވެ.

އުނގެނުމަށް ފުރުޞަތު ދިނުމަށްޓަކައި ކިޔަވައި ދިނުމުގައި ވިސްނުން މުހިންމުކަމަށް ބަންދޫރާ ދެކިލައްވާ ކަންތައްތައް.
* ސަމާލުކަން (އެޓެންޝަން)
* ދެކެފައިވާކަމެއް ހަނދާނަށް ގެނައުން(ރިޓެންޝަން)
* ބެލުމަށްފަހު އަމިއްލައަށް ކުރުމުގެ ޤާބިލުކަން (ޕްރޮޑަކްޝަން)
 މިސާލަކަށް: ގޮނޑިއެއް ޖެހިތަން ބަލާފައި ހަމައެގޮތަށް އޭގެ ގޮނޑިއެއް  ހެދުން.
* ކަމެއް ކުރުން (ޕާރފޯމަންސް)
މީގައި ޝައުޤުވެރިކަން ވަރަށް ބޮޑު ދައުރެއް އަދާކުރޭ.





މޮޑެލިންގެ ވައްތަރުތައް
މިސާލު
ދޭހަ
ވައްތަރު
ކުލާހެއްގައި އޮރެންޖެއް ކުރަހާގޮތް ކިޔާދިނުމުން އެގޮތް  އެއްވެސް ބަދަލެއް ނުގެނެސް ކޮޕީކުރުން.
ފެންނަކަމެއް އެއްވެސް ބަދަލެއް ނުގެނެސް ނަކަލުކުރުން.
ޑައިރެކްޓްކޮށް މޮޑެލްކުރުން.
ފީފާ ވޯލްޑްކަޕް އޮތްއިރު، މަޝްހޫރު ކުޅުންތެރިން ބޯ ހަދާގޮތަށް ހަދާ އެގޮތަށް ބޯ އޮމާންކުރުން.
ފޮތްތަކުންނާއި ވާހަކައިން އަދި ޓީވީން އެނޫންވެސް ކޮންމެވެސް ވަސީލަތެއް މެދުވެރިކޮށް ތަފާތު ޝަޚްޞިއްޔާތުތަކުން ފެންނަ ކަންކަން ނަކަލު ކުރުން.
ސިމްބޮލިކްކޮށް މޮޑެލްކުރުން.
ގަހެއް ކުރަހާނެގޮތް މީހަކު ކިޔާދިނުމުން ގަސްކުރަހާ އިރު، އަމިއްލަގޮތެއް ހިމަނާލައިގެން ގަސް ކުރެހުން.
މީހެއްގެ ފަރާތުން ނުވަތަ އެހެންވެސް ގޮތަކުން ފެނުނު ކަމެއް ބަދަލަކާއެކު، ނަކަލުކުރުން. ނުވަތަ އެހެންގޮތަކަށް ބަދަލުކޮށް ގެން އެކަންކުރުން.
ސިންތަސައިޒްކޮށް މޮޑެލްކުރުން.

މިތިއަރީ އަކީ ކިޔަވައިދިނުމުގައި ރަނގަޅު ތިއަރީއެއް

- މިތިއަރީގައި މަސައްކަތް އަމިއްލަ ވަޒަންކުރެވެއެވެ.
- ޢަމަލީކޮށް މަސައްކަތްކުރުމަށާއި ބައިވެރިވުމަށް ފުރުޞަލިބުން އަދި މަސައްކަތް ކުރެވިގެން ދެއެވެ.
- ކިޔެވުމަކީ މާނަހުރި އެއްޗެއްކަން ދެނެގަނެގެން ކިޔުން
- މާހައުލާއި ދިރިއުޅުމުގެ ކަންކަމަށް ލޯހުޅުވުން.
-ކަންތައްތައް ރޭވުމާއި މަޢުލޫމާތު ބަދަލުކުރެވިގެންދެއެވެ.
- ތަޖުރިބާއިން ކަންކަން ހާޞިލްކުރެވިގެންދެއެވެ.
v    މިތިއަރީގެ އެންމެ ބޮޑު ވަޞީލަތަކީ އަދި އެންމެ ކާމިޔާބު ކަމަކީ ނަމޫނާއިން (މޮޑެލިންގ) އުނގަންނައި ދިނުމެވެ.  އަދި ދަރިވަރުންގެ ކިޔެވުމާއި އަޚްލާޤަށް އެންމެ ބޮޑަށް އަސަރުކުރަނީވެސް މާހައުލުން ފެންނަ ނަމޫނާތަކުންނެވެ. މިސާލަކަށް ދަރިވަރުން ވިޔަސް އެނޫން ބައެއްވިޔަސް ކޮޕީ ކުރުމުގެ ސިފަ ވަރަށް ބޮޑަށް ހަރުލާފައި ހުރުމަކީ އިންސާނީ ޠަބީޢީ ކަމެކެވެ. އެހެނީ މަޝްހޫރު މީހުންގެ ކަންތައްތައް ކޮޕީ ކުރުމަކީ މިގޮތުގެ މަތިން ކުރެވެމުން ދާ ކަމެކެވެ.
މީގައި ފެންނަން ހުރި އެންމެ ރަނގަޅު ދިރިހުރި މިސާލަކީ:
          ނަމާދު ކުރުމަށް މުދައްރިސް ނުވަތަ މައިންބަފައިން ބުނެފައި އެކަންނުކުރާނަމަ، ދަރިވަރުން ދެކޭގޮތް ރަނގަޅު ނުވެދާނެއެވެ. އޭގެ ބަދަލުގައި މުދައްރިސް ނުވަތަ މައިންބަފައިން ނަމާދު ކުރާތަން ދަރިވަރުންނަށް ފެންނަނަމަ، ކުދިންވެސް އެކަން ކުރުމަށް ޝައުޤުވެރިވާނެއެވެ.
v    އެހެން މީހުންގެ ތަޖުރިބާއިން (ވިކޭރިއަސްކޮށް) ދަސްކުރުމަކީވެސް މިތިއަރީގައި ހާމަކޮށްދޭ ވަރަށް ފައިދާ ހުރިކަމެކެވެ.  ( ނަތީޖާއަކަށްވަނީ ތިމާއެކަމެއް ތަޖުރިބާނުކޮށް، އެކަމެއް ތަޖުރިބާކުރުމަށް ވަގުތާއި އެހެނިހެން މަސައްކަތްނުކޮށް އެހެންމީހެއްގެ ތަޖުރިބާގެ އަލީގައި ރަގަޅަށް ކުރިއަށްދާން މަގުދައްކައިދިނުމެވެ.)
ޑޮކްޓަރުކަން ކިޔަވަން ބޭނުންވާ ކުއްޖަކު ގްރޭޑް އަށަކަށް ދިއުމުން، އެކުއްޖާ ޚިޔާރުކުރަންވީ ކޮންސްޓްރީމެއްކަން އެކަން ތަޖްރިބާކޮށްފައިވާ މީހެއްގެ ކިބައިން ނުވަތަ އޭލެވެލް ހަދާ ކުއްޖެއްގެ ކިބައިން އަހާ އޮޅުންފިލުވައިފިނަމަ، އެކަމުގައި ކުރިޔަށް ދިއުމަށް އިތުރު އެހީއަކަށް ވެގެންދާނެ. ސަބަބަކީ ބައެއް ކުދިން ސްޓްރީމެއް ޚިޔާރުކުރާއިރު، ކުރިޔަށް ދާންބޭނުންވާ ރޮނގެއް ނޭނގި ޚިޔާރުކުރުމުން ބައެއްފަހަރަށް އެކަމުގެ އުނދަގޫތަކާ ކުރިމަތިލާންޖެހޭތަން އާދެއެވެ.

ސެލްފް ރެގިއުލޭޓް ކުރުމަށް ފުރުޞަތު ދިނުމަކީ ކިޔެވުމުގައި ވަރަށް މުހިއްމު ބަހާއެކެވެ.  މިހެނީ މިކަމުގެ ސަބަބުން ގޯލާ ހަމައަށް ދިޔުމަށްޓަކައި ވިސްނުމާއި ސުލޫކު އަދި އިހުސާސްތައް ވަކިގޮތަށް ކޮންޓްރޯލްކުރާ ކަމަށް ސެލްވިން (2003) ހާމަކުރައްވައެވެ. އެހެންމަކުން މިއީ ދިރިއުޅުގެ މައިދާނުގައި ވަރަށް ބޭނުންތެރި އެއް ސިފައެވެ. މިކަމުގެ ސަބަބުން ކުދިން އަމިއްލައަށް ވަޒަންކޮށް ކުރިއަށް ދާންވީ ގޮތްތައް ހޯދައި ދޭހަކޮށް މުރާޖާކޮށް ރެކޯޑްތައް އަޅާކިޔައި ލަނޑުދަނޑިއާ ހަމައަށް ދިޔުމަށް އަލުން ރާވާލުމަށް ފުރުޞަތު ލިބިދެއެވެ. ވުމާއެކު މުދައްރިސުން ވީހައި ވެސް ބޮޑަށް ދަރިވަރު މަސައްކަތުގައި އުޅެވޭނެ މަގު ފަހިކޮށްދީ ކިޔެވުމަށް ފަހި މާހައުލެއް ޤާއިމްކޮށްދީ ނަމޫނާއަކަށްވުން ވަރަށް މުހިއްމެވެ.

ސެލްފް ރެގިއުލޭޝަން
ބަންދޫރާ ފާހަގަކުރާގޮތުގައި މާހައުލުން ބަލައިގެން އުނގެނުނަސް އަދި މޮޑެލިން މެދުވެރިކޮށް އުނގެނުނަސް ނުވަތަ ވިކޭރިއަސްކޮށް އުނގެނުނު ކަމުގައިވިޔަސް މިއިންކޮންމެ ބާވަތެއްގައިވެސް ސެލްފް ރެގިއުލޭޝަން ވަރަށްބޮޑު ދައުރެއް އަދާކުރެއެވެ.
* ސެލްފް ރެގިއުލޭޝަންއަކީ ޙާޞިލުކުރަން ބޭނުންވާ ގޯލާއި ހަމައަށް ދިއުމަށްޓަކައި ވިސްނުމާއި ސުލޫކް އަދި އިޙްސާސްތައް ވަކިގޮތަކަށް ކޮންޓްރޯލް ކުރުމެވެ.
* ސެލްފު ރެގިއުލޭޓަޑް ލާރނިންގ ( ސެލްފު ރެގިއުލޭޝަން އުނގެނުމަށް ލިބިފައިވާ ) ކުދިންގެ ކިބައިގައި ވަރަށް މުހިންމު ދެބައެއްވެއެވެ.
އެއީ:- އުނގެނުމުގެ ތަފާތު ހުނަރުތަކާއި،  އަމިއްލަ ނަފުސު ކޮންޓްރޯލް ކުރުމުގެ ފުރިހަމަ ޤާބިލުކަން ލިބުމެވެ.
މިދެކަމުގެ ސަބަބުން ބޭނުންވާ ގޯލު ޙާޞިލު ކުރުމަށް ފަސޭހަވެގެންދޭ. ( މާނައަކީ؛ އެކުދިންގެ ކިބައިގައި ކިޔެވުމުގެ ހުނަރާއި އުނގެނުމުގެ ޢަޒުމު ލިބިގެންވުން )

- އެހެން މީހުން ކަންކަން ކުރާގޮތް ބަލައިގެން ދަސްކުރުމަކީވެސް މިތިއަރީގެ ވަރަށްބޮޑު ފައިދާއެއް.
ކުލާހުގެ އެއްދަރިވަރަކު އަނެއްދަރިވަރެއްގެ ކިބައިން އުނގެނުމާއި ކަންކަން ދަސްކުރުމަށް މަގުފަހިވެގެން ދިއުމަކީ ވެސް މިތިއަރީގައި ފާހަގަ ކޮށްލެވޭ ކަމެކެވެ.
މިސާލަކަށް:
ކުލާހުގައި ގްރޫޕް މަސައްކަތެއް ހަވާލު ކުރާއިރު، ކުލާހުގައިތިބޭ އެކި ފެންވަރުގެ ކުދިން ( މޮޅު،ދެރަ، މެދުމިން ) މިތިންބައި އެކުލެވޭގޮތަށް ބަހާލައިގެން ކުރިޔަށް ގެންދިއުން. މިގޮތަށް ކަންތައްކުރުމުން ކުލާހުގައި ތިބޭ ދަށްފަންތީގެ ކުދިންވެސް އެގްރޫޕްތަކުގައި ތިބޭ މޮޅެތި ކުދިން ކަންތައްކުރާގޮތް ބަލައި ދަސްކޮށްގެން އެގޮތަށް ކަންތައް ކުރެވޭތޯ ބަލާނެ. އަދި މިއީ ވަރަށް ރަނގަޅު ގޮތެއްކަމަށް ފާހަގަ ކުރެވެއެވެ.