Monday, March 4, 2013

އުގެނުމާއި އުގަންނައިދިނުން އަދި ތަޢުލީމް



މިއަދު އަޅުގަނޑުމެންގެ މިކުޑަކުޑަ ރާއްޖެ މިވަނީ ވަސީލަތް ތަކުން ފުރިފައެވެ. ތަރައްޤީއާއި ތަޙްޒީބުގައި އެހެނިހެން ޤައުމުތަކާއި އެއްހަމައެއްގައި ފައިތިލަ ސާބިތުކުރުމަށް މަސައްކަތްކުރާއިރު، އެކަން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ދާއިރާއެއްވެސް ދަނީ ޔަޤީންކޮށްދެމުން ނެވެ. މީގަ އެންމެ ބޮޑު އެއްހެކި އަޅުގަނޑުމެންނަށް ފެންނަށް ހުރީ، އަޅުގަނޑުމެންނާ ނުހަނު ކައިރީގައިވާ ތަޢުލީމީ ދާއިރާއިންނެވެ."އުގެނުމާއި އުގަންނައި ދިނުން އަދި ތަޢުލީމް" މިއީ ވަރަށް ވެސް ފުޅާ ތަފާތުގޮތްގަތަށް ދިރާސާ ކުރެވިދާނެ މަޢުޟޫއެކެވެ.
ތަޢުލީމީ ދާއިރާ މާޒީ އަށް ނަޒަރު ހިންގާލަމާ ހިގާށެވެ. މީގެ އެތަން އަހަރުތަކެއް ކުރިން ރާއްޖޭގެ ތަޢުލީމް ފެށި ފުޅާވެގެން އައި ދުވަސްވަރާއި މިއަދު ގެ ޙާލަތު އަޅާކިޔާލެވިއްޖެނަމަ މިއީ ވިސްނައިގަންނަށް މާއުދަގޫ މައްސަލައަކަށް ވެގެނެއް ނުދާނެއެވެ. އެއީ ހަދާނުން ކައްސައިލާގެން ދާފަދަ ދުވަސްތަކެއްވެސް ނޫނެވެ. އެއަށް ވުރެމާ ކައިރީގައިވާ އަޅުގަނޑުމެންގެ ޅަދުވަހުގެ ވާހަކަތަކެވެ. އަޅުގަނޑުމެންގެ މައިންބަފައިންގެ ވާހަކަ ތަކެވެ.
ކޮންމެ އަކަސް މިއަދު ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނަމުންދަނީ ތަރައްޤީ އާއި ތަޙްޒީބެވެ. ކިޔެވުމާއި ކިޔަވައިދިނުމުގެ ތެރެއިންވެސް މިކަން މިހާރު ދަނީ ފެންނަމުންނެވެ. މީގެ ކުރީގައި އަޅުގަނޑުމެންނަށް ކިޔަވައިދިން ހިތުދަސްކުރުމާ ޓީޗަރު އަގައިން އަގަޔަށް އަޅައިދިނުމުގެ ބަދަލުގައި، ތަފާތު ދިރާސާތައް ކޮށް ތަފާތު ގޮތްގޮތަށް ކިޔަވައިދިނުން ދަނީ ތަޖުރިބާ ކުރަމުންނެވެ. އެކި އެކި ތިއަރީތައް ދަނީ ކިޔަވައިދިނުމުގައި ބޭނުންކުރަމުންނެވެ.  އަދި އޭގެން ރަނގަޅު ނަތީޖާތަކެއް ދަނީ  ޚާޞިލްކުރަމުންނެވެ. 

Tuesday, February 26, 2013

understanding pedagogy and learning thearies

މިއީ އަންޑަސްޓޭންޑިން ޕެޑަގޮޖީ އެންޑް ލާރނިން ތިއަރީގެ އޮންލައިން މަސައްކަތް ކުރުމަށްޓަކައި ތައްޔާރުކުރެވުނު ބްލޮގެކެވެ. ކޯހުގެ ހުރިހައި ބައިވެރިންގެ ބިނާކުރުވަނިވި ފާޑުކިޔުމަށް އުފަލާއެކު މަރުޙަބާއެކު ކިޔަމެވެ.